ޚަބަރު

އޮމަދޫގައި އަލަށް އިމާރާތްކުރި މިސްކިތް ރަސްމީކޮށް ހުޅުވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އޮމަދޫގައި އަލަަށް ހުޅުވި މިސްކިތް--

އދ. އޮމަދޫގައި އަލަށް އިމާރާތްކުރި މިސްކިތް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

Ads by STELCO

"މަސްޖިދުއްރަޙުމާ"ގެ ނަމުގައި ބިނާކުރި އެ މިސްކިތް ހުޅުވީ މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ މިސްކިތް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރުއެވެ.

އެ މިސްކިތަކީ ހެޔޮއެދޭ ފަރާތަކުން އެ ރަށުގެ ރައްޔިތުންނަށް ޓަކައި ބިނާކޮށްދީފައިވާ ރީތި މިސްކިތެކެވެ.

އެ މިސްކިތާ އެކު އޮމަދޫގައި ނަމާދު ކުރާނެ ޖާގައިގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢިމާރާތްކުރަން ފަށާފައިވާ މިސްކިތްތަކުގެ މަސައްކަތުގެ ދުވެލި އަވަސްކޮށް ވީހާވެސް އަވަހަށް މަޝްރޫއުތައް ނިންމުމަށް އިސްލާމިކް މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން 15މިސްކިތެއް ހުޅުވުމަށް އިސްލާމިކް މިނިސްޓްރީން ދަނީ ތައްޔާރުވަމުންނެެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!