ޚަބަރު

ލަންކާއަކީ އެންމެ ގާތް އަދި އެންމެ އިތުބާރު ކުރެވޭ އެއް ގައުމު: ރައީސް

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ލަންކާގެ ރައީސް

އަވަށްޓެރި ސްރީލަންކާއަކީ ރާއްޖެއާ އެންމެ ގާތް އަދި އެންމެ އިތުބާރުކުރެވޭ ރަހުމަތްތެރީންގެ ގޮތުގައި ފާހަގަކުރެވޭ އެއް ގައުމުގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ސިފަކުރައްވައިފިއެވެ.

Ads by STELCO

ލަންކާގެ 78ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލަންކާގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަމާއި ސާބިތު އަޒުމު ގާއިމްވެފައި އޮތުމަށް އަބަދުވެސް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ވަނީ ލަންކާގެ މިނިވަން ދުވަހާ ގުޅިގެން އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއަށާއި ބޮޑުވަޒީރު ޑރ. އަމަރަސޫރިޔާއަށް ވެސް ތަހުނިޔާގެ ސިޓީއެއް ފޮނުއްވާފައެވެ.

އެ ސިޓީތަކުގައި ރައީސް ވިދާޅުވެފައި ވަނީ މިއަހަރުގެ މިނިވަން ދުވަސް ލަންކާއާ ބައްދަލުވެފައި މިވަނީ، އެގައުމުގެ އިގުތިސޯދު އިތުރަށް ހަރުދަނާވުމުގައްޔާއި، އެގައުމުގައި އިޖުތިމާއި ހަމަޖެހުން ގާއިމްކުރުމުގައްޔާއި، ގައުމީ ކުރިއެރުމުގައި ވިލުންތެރިކަން ދައްކަމުންދާ ދަނޑިވަޅެއްގައި ކަމަށެވެ.

ދެ ގައުމުން ހިއްސާކުރާ ސަރަހައްދީ އަހުމިއްޔަތުތަކާއި އެއްބައިވަންތަކުމުގެ ތާރީހުން ބާރުދޭ، ދެ ގައުމުގެ ޒަމާންވީ ރަހުމަތްތެރިކަން ވެސް އެ މަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!