ޚަބަރު

ގަމުގައި އަމިއްލަ ފަރާތަކުން އެޅި މިސްކިތެއް ހުޅުވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ގަމުގައި އެޅި މިސްކިތް--

ލ. ގަމުގައި ހެޔޮއެދޭ ފަރާތަކުން ބިނާކުރި އާ މިސްކިތެއް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

Ads by Allied

"ތުނޑީ ބަނދަރު މިސްކިތް"ގެ ނަމުގައި ބިނާކުރި އެ މިސްކިތް ހުޅުވައިދެެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރުއެވެ.

11މެއި 2023ގައި އަމަލީ މަސައްކަތް ފެށި މި މިސްކިތަކީ 342މީހުންގެ ޖާގައިގެ މިސްކިތެކެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން އިތުރު މިސްކިތްތަކެއް ހުޅުވުމަށް އެ މިނިސްްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަންނަ ސެޕްޓެމްބަރު މަހު، ރާއްޖެ އިސްލާމްވިތާ 900އަހަރު ފުރޭ ދުވަހު ރާއްޖޭއި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އެޅުމަށް ވެސް ސަރުކާރުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!