ދުނިޔެ

މަޑަގަސްރައަށް އެރި ބާރުގަދަ ތޫފާނުގައި ސިޓީއެއް ހަލާކުވެ، 31 މަރު

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
މަޑަގަސްރައިގެ ތޯމަސީނާ ސިޓީ އެއްކޮށް ސުންނާފަތިވެފައި --

މަޑަގަސްކަރައިގެ އައްސޭރި ރަށެއް ކަމަށްވާ ތޯމާސީނާއަށް އެރި ބާރުގަދަ ތޫފާނުގައި މަރުވި މީހުންގެ އަދަދު 31 އަށް އަރައިފިއެވެ.

އިންޑިއާ ކަނޑުގައި އުފެދުނު މި ބާރުގަދަ 'ގެޒާނީ'ގެ ނަމުން ނަން ދީފައިވާ ތޫފާނުގައި ވައިގެ ބާރުމިން ހުރީ ގަޑިއަކު 250 ކިލޯމީޓަރުގައެވެ. މީގެ ސަބަބުން ގޭގޭގެ ފުރާޅުތައް އުދުހި، މުޅި ސިޓީ ވަނީ އެއްކޮށް ސުންނާފަތިވެފައެވެ.

އަދި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މަގުތަކުގައި ފެން ބޮޑުވެ، ބައެއް ސަރަހައްދުތަކުން މުވާސަލާތީ ހިދުމަތް ވެސް ވަނީ ކެނޑިފައެވެ. އަދި ކަރަންޓާއި ފެން ލިބުންވެސް ވަނީ މެދުކެނޑިފައެވެ.

އެ ގައުމުގެ ނޭޝަނަލް އޮފީސް ފޯ ރިސްކް އެންޑް ޑިޒާސްޓާ މެނޭޖްމަންޓުން އެންމެ ފަހުން ހާމަކުރި މައުލޫމާތުން އެނގޭ ގޮތުގައި މިހާތަނަށް 31 މީހަކު ވަނީ މަރުވެފައެވެ. އަދި 15 މީހަކު ގެއްލިގެން ހޯދަމުންދާއިރު، 33 މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދަނީ ފަރުވާ ދެމުންނެވެ.

ގާތްގަނޑަކަށް 400،000 މީހުން ދިރިއުޅޭ އެ ސިޓީގައި ފެންބޮޑުވުމުގެ ސަބަބުން މީހުން ތިބީ އެހެން ތަނަކަށް ނުދެވި ބަންދުވެފައެވެ. އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަރުކަޒެއް ގާއިމްކޮށްފައިވާއިރު، ލިބެމުންދާ ގެއްލުންތައް އެ މަރުކަޒުން ދަނީ ބަލަމުންނެވެ.

މިހާރު ގާނާގައި ދިރިއުޅުއްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ގެންދަވަނީ އެ ޓީމާއެކު އެހީ ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދެއްވަމުންނެވެ.