ހުޅުމާލެ ދެވަނަ ފިޔަވަހިން 10 ބިދޭސީއަކު ހައްޔަރުކޮށްފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި 10ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ، އެ އޮޕަރޭޝަންގައި ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށްގެން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަނުން ކުރިއަށް ގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިންގާ ވިޔަފާރިތައް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި 95ބިދޭސީއަކާ ސުވާލުކޮށްފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަކީ ޤައުމީ ސަލާމަތާ ގުޅިފައިވާ މުހިންމު ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކަނޑައަޅުއްވާފައެވެ. ފާއިތުވި 2025ވަނަ އަހަރު ވެސް ވަނީ 150ތަނެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް ހިންގަމުންދިޔަ 66ވިޔަފާރިއެއް ވަނީ ބަންދުކޮށްފައެވެ.

