މަދިރިން ސަލާމަތްވުމަށް އިންދިދާނެ ބައެއް ގަސް
މަދިރިން ސަލާމަތްވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތައިލުމެވެ. އެކި ބަލިތަކުންވެސް ރައްކާތެރިވުމަށް މަދިރި ކޮންޓްރޯލް ކުރުމަކީ މުހިންމު ކަމެކެވެ. ހާއްސަކޮށް ގޭތެރެއަށް މަދިރި ނުވަންނާނެހެން ކަންކަން ކުރުމަކީ މުހިންމު ކަމެކެވެ.
އެހެންކަމުން މިއީ މަދިރިން ސަލާމަތްވުމަށް ފަސޭހައިން ކޮށްލެވޭނެ ބައެއް ކަންކަމެވެ. މިކިޔައިދެނީ މަދިރިއަށް ކަމުނުދާ ބައެއް ގަސްގަހުގެ ވާހަކައެވެ.
- ގެ ކައިރީ ނުވަތަ ގޯތި ތެރޭގައި ލެމަންގްރާސް އިންދުން
ލެމަންގްރާސްއަކީ ވަރަށް ފަސޭހައިން ހެއްދޭނެ ގަހެކެވެ. މި ގަހުން އުފައްދާ ސިޓްރަލް ތެލަކީ މަދިރިއަށް އުނދަގޫވާ އެއްޗެކެވެ. އެހެންކަމުން ގޭގެ ކުޑަދޮރުތައް ކައިރީ ބޭރުގައާއި ބެލްކަނި ފަދަ ތަންތަނުގައި މި ގަސް އިންދާފައި ހުންނަނަމަ މަދިރި އެގެއަކާ ދުރުވާނެއެވެ.
- ގޭތެރޭގައި ލެވެންޑާ ގަސް ބެހެއްޓުން
ލެވެންޑާއަކީ ލިނަލޫލް ނަމަކަށް ކިޔާ ތެލެއް އުފައްދާ މެލެކެވެ. މިއީވެސް މަދިރިއަށް ކަމުދާ އެއްޗެއް ނޫނެވެ. އެހެންކަމުން ހާއްސަކޮށް އާންމުކޮށް ގޭތެރޭގައި އިށީންދެ ތިބޭ ތަންތަން ކައިރީ މިގަސް ބަހައްޓައިގެން މަދިރިން ސަލާމަތް ވުމަށް ފަސޭހަވާނެއެވެ.
- ބޭސިލް، މިންޓް ނުވަތަ ރޯސްމެރީ ފަސް އިންދުން
މި ހާބްސްއަކީ ވަރަށް ވަރުގަދަ ވަސްތަކެއް އެކުލެވޭ ބާވަތްތަކެކެވެ. މި ބާވަތްތައް އިންދުމުގެ ސަބަބުން އޭގެއިން ދުވާ ވަހުން މަދިރިފަދަ ދިރޭތަކެތީގެ ސެންސަރީ ސިސްޓަމަށް އަސަރުކުރެއެވެ. އޭގެ ސަބަބުން އިންސާނުންނާ ކައިރިވުމަށް މަދިރިއަށް އުނދަގޫވެއެވެ.
މީގެ އިތުރުން، ގޭތެރޭގައި އަލި ކުލަ ލުމާއި ކުލަ އަލި ތަކެތި ބޭނުން ކުރުމަކީވެސް މަދިރިން ސަލާމަތްވުމަށް އެޅިދާނެ ފިޔަވަޅެކެވެ. މަދިރިއަކީ އަނދިރި ކުލަތަކަށް ލޯބިކުރާ އެއްޗެކެވެ. އޭގެ އިތުރުން، ވަރުގަދަ ވަސް ހުންނަ ގަސް އިންދުމަކީ އިތުރަށް ސަލާމަތްތެރިކަން ލިބޭނެ ކަމެއް ކަމަށް ބައެއް ސިއްހީ މާހިރުން ބުނެއެވެ.

