ކަނޑުމަގުން އެތެރެކުރަން އުޅުނު 36.43 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
ކަނޑުމަގުން އެތެރެކުރަން އުޅުނު 36.43ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ދިވެހި ކަސްޓަމްސް ސަރވިސްއިން މިއަދު އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ، މި މަހުގެ 12ވަނަ ދުވަހު ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި މުދާ ޝިޕްމެންޓެއް ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފެނިފައިވާ ކަމަށެވެ. އަދި އެ ތަކެތީގެ ބަރުދަނުގައި 36.43ކިލޯ ހުރި ކަމަށާއި އެ ތަކެތީގެ ޓެސްޓުތަކުން ހަޝިޝް އޮއިލްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.
މީގެ އިތުރުން މި ތަކެތީގެ މަގުމަތީ އަގު 29މިލިއަން ރުފިޔާއަށް އަރާނެ ކަމަށާއި މި މައްސަލަ އިތުރަށް ތަހުޤީޤުކުރުމަށްޓަކައި، އަތުލެވުނު މަސްތުވާތަކެތި ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކުރެވިފައިވާ ކަމަށް ވެސް ކަސްޓަމްސްއިން ބުނެއެވެ.

