ޚަބަރު

ދެ އިންތިހާބު އެއްކޮށްލާ އިސްލާހަށް ހިޔާލު ހޯދަން ފެންނަ ނުފެންނަ ވޯޓެއް ނަގަނީ

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ރައީސުލްޖުމްހޫރިއްޔާއަށް އޭސީސީ އާއި އީސީގެ ރައީސް އާއި ނައިބު އައްޔަނުކުރެވޭ ބިލު ރައީސް ތަސްދީގު ކުރެއްވުން - ފޮޓޯ: ރައީސް އޮފިސް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައި ބިލު ތަސްދީގު ކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ހިޔާލު ހޯދުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިންމަވައިފިއެވެ.

Ads by Allied

ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅި އެ ބިލުގައިވާ ގޮތުން، މަޖިލީސް އިންތިހާބު ބާއްވަންވާނީ ކޮންމެ ފަސް އަހަރަކުން، ރައީސް ހޮވަން ބާއްވާ އިންތިހާބާ އެކުގައެވެ.

އެ އިސްލާހުގައި، މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 5އަހަރު ދުވަސް ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން އެ ބިލު ތަސްދީގު ކުރުމާ އެކު، މިހާރު މިހިނގާ 20ވަނަ މަޖިލީހުގެ ދައުރު ގާތްގަނޑަކަށް 5މަހަށް ކުރުވެގެންދާނެއެވެ.

މަޖިލީހުން އެ ބިލު ފާސްކޮށްފައި ވަނީ މިމަހުގެ 10ވަނަ ދުވަހުއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ގާނޫނުއަސާސީ 262ވަނަ މާއްދާގެ ދަށުން، އެ ބިލުގައި ހިމެނޭ އިސްލާހުތައް ގެނައުމަށް މަޖިލީހުން ބިލެއް ފާސްކުރާ ހާލަތުގައި، ރައީސް އެ ބިލު ތަސްދީގު ކުރައްވަންވާނީ ރައްޔިތުންގެ ހިޔާލު ހޯދުމަށްފަހުގައި ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި އެ ވޯޓުގެ ރަސްމީ ނަތީޖާ އިއުލާނު ކުރާތާ 15ދުވަސް ތެރޭގައި، ރައްޔިތުންގެ އަޣުލަބިއްޔަތު ލިބިފައިވާ ނަމަ އެ ބިލު ތަސްދީގުކުރަން ވާނެ ކަމަށާއި، ނަމަވެސް އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ ބިލު ބާތިލުވާނެކަމަށް ގާނޫނުގައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެހެންކަމުން، ހިޔާލު ހޯދުމުގެ ވޯޓު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އޮންނަ ދުވަސް ކަމަށްވާ އޭޕްރީލް 4ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.

ހިޔާލު ހޯދުމުގެ ސުވާލުގައި އޮންނާނީ؛

"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ 'ގާނޫނުއަސާސީއަށް 8ވަނަ އިސްލާހު ގެނައުމުގެ ބިލު' ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟"

ރައީސް އޮފީހުން ބުނީ އެ ވޯޓު ނެގުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އިލެކްޝަން ކޮމިޝަނަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.

  1. ވިސްނާތި

    މީ ރަނގަޅު ނިންމުމެކޭ މިނިންމުމަށް މަމެން މަރުހަބާ ކިޔަމޭ އެއިރުން ސަރުކާރު ހިންގަން ފަސޭހަވެފައި އަދި މާލެ ސަރަހައްދުގެ ތަރައްގީ ބާރުދުވެލީގައި ކުރިއަރައިގެންދާނެއޭ ރާއްޖެތެރޭ ފަޅުކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި މިފަަދަ ހަރުދަނާ ފިޔަވަޅު ތަކެއް އެބަޖެހޭ އަޅަން ރާއްޖެތެރެ އެއީ ބޮޑު ދުއްޕާނެކޭ ހުރިހާ ރަށްތަކުގެ މީހުން މާލެ ސަރަހައްދަށް ބަދަލުކުރަންވީއޭ އެއިރުން ރާއްޖެ ތަރައްގީވާނީ…

  2. ދިސްވޭ

    ދެ އިންތިޚާބު އެއްކޮށްލުމުން ފައިސާގެ އިތުރަށް ވަގުތާއި އަދި މީހުން އެކަމަށް ތައްޔާރުވާންޖެހޭ ވުން ތައް ވެސް މަދުވެ ގައުމުގެ ހިންގުމުގެ ނިޒާމަށް ނޭވާލައިގެން މުޅި ސަރުކާރު ހިންގުމަށް ފަހިވެގެންދާނެއޭ އެމްޑީޕީ އަކަށް ނޭގޭނެއޭ އެޕާރޓީ ގައި ގިނަވާނީ ނުކިޔަވާ ތިބޭ ގަމާރު ބީތާއިންނޭ އަދި ކިޔެވުމުގެ ނަމުގައި ވެސް ވަރަށް އާދައިގެ ކައްޕަޅި ސަބްޖެކްޓްސް ތަކުން ފަސްޓް ޑިގްރީ ގަނޑެއް ހަދައިގެން އުޅޭ އުނގުން ވިސްނާ ބަގަތަކޭ ގިނަވާނީ ތިޔާ ތުޅާދޫ ހިސާން ކިޔާ އާރުކޭ މެން ހެދި މާސްޓަރސް އެއީ ދެން ކޯއްޗެއްތޭ އެ ވަރަށް ފަސޭހަ ސަބްޖެކްޓް ތަކޭ …. ހަދައިގެން އައިސް މާބޮޑަށް ތަންދޮރު ދަންނަ ކަމަށް ފުއްޕައިގެން އުޅެނީ … އަމިއްލަ އަށް ސަރުކާރުގެ ނުފޫޒެއް ނެތި ގޮސް ކޯޓެއް ގައި ކޭސް އެއް ކާމިޔާބު ކޮށް ބަލަ މަމެން ހުވައޭ … މެން ދެފައި ދަނޑިއަށް ކޮއްޅަށް ހުއްޓާ ދެކޮޅުން ރެވޭނީ އެއްކަމެއް ވެސް ނުވާނެއޭ މުޅިން ފޭކް …. ގިނައީ ހުރިހާ އިންތިޚާބު ތައް މާރޖް ކޮށް ހަދާ އެއް ދުވަހެއްގެ ހަތަރުދަން އެކަމަށް ދިޔަ ނަމަވެސް އެކަން ކުރާށޭ ސައެންސް ސަބްޖެކްޓް ނުކިޔަވާ …ށް ނޭގޭނެއޭ މިފަދަ ކަން … ބައިތިއްބާ ބަދިގޭގައި ހުނިގާނާ އަލިފުލައިލާ ވާހަކަ ކިޔަން…

  3. ހޯލްޑްއިޓް

    ދެ އިންތިޚާބު އެއްކޮށްލުން އެއީ ހަމަ ރަނގަޅު ކަމެކޭ އެއިރުން ޑޭޓާ ބޭސްމެނޭޖްމެންޓް ސިސްޓަމް ތެރޭން ހުރިހާ ޑޭޓާ ތައް އެއް ދުވަހެއްގައި ޕްރޮސެސް ކޮށް ހަދާ އަދި އެކަމަށް ބޭނުންވާ އޭއައި އިންފްރާސްޓްރަކްޗަރ ރާއްޖޭގައި ހުޅުމާލޭ އިރުން އޮތް ފަޅު ހިއްކާ އެތަނުގައި ގާއިމް ކޮށް ހަދާ ރިޔާސީ އިންތިޚާބާއި އަދި މަޖްލީސް އިންތިޚާބަށް ވޯޓްލާން އެއްދުވަހެއްގައި މީހުން އަންނާނެ ގޮތް ނުސީދާ ކޮށް މަޖްބޫރުކުރުވަން އިތުރު ގާނޫނެއް ވެސް އުފަން ކުރަން ޖެހޭނެއޭ އެގޮތަކީ އެއީ މިދެ އިންތިޚާބުގައި ވޯޓްނުލާ މީހަކަށް ޖެހިގެން އަންނަ 5 އަހަރުގައި އާސަންދަ ނުލިބޭނެއޭ ހިލޭ ޑިގްރީ އަށް ނުކިޔެވޭނެއޭ މިފަދަ ރިޒަރވޭޝަންސް ތައް ހިމަނައިގެން ގާނޫނެއް ހެދުމުން ހުރިހާ ރައްޔިތުން ވޯޓްލާން ދާނެއޭ އެމްޑީޕީ އަކީ ވޯޓް އިން ވައްކަން ކޮށްގެން ވެރިކަމަށް އައި …. ވެރިކަމަށް އަންނަން އެއް ފަހަރު ވެސް ރައްޔިތުން ވޯޓް ނުދޭ ކެނެރީގެ ނަޝީދު އެ އާރުކޭ ވެރިކަމަށް ފުރަތަމަ ވެސް އައީ 12 ހާސް ވޯޓް އިން ވައްކަން ކޮށްގެންނޭ އެވާހަކަ ކިނބިގަހޭ ދެއްކިއޭ އެއިރު ވެސް އެވާހަކަ އެއިރު މާލޭގައި އުޅުނު އެއް ހިއްސު މަދު ގަމާރު …ން ގަބޫލުނުކުރީއޭ ހަގީގަތަކީ ކެނެރީގެ ނަޝީދަކީ ރައްޔިތުން ވޯޓް ދީގެން ވެރިކަމަށް އައި … ނޫނޭ އެއީ ބޮޑު ލުއްޗާ އެކޭ …. ބުނާ އެކަކަށް ވެސް ވޯޓެއް ވެސް ދީގެން ނުވާނެއޭ ރައްޔިތުން އުނަގަނޑު ބިންދައިގެން ހެދި އެއަރޕޯރޓް ކެނެރީގެ ނަޝީދު …… ފިލްމް ކުޅެން ފައިސާ ހޯދަން ވިއްކާލީދޯ…

  4. މަރިޔަމް ޝިފާޒާ އިބްރާހީމް

    ދެ އިންތިހާބު އެއްކުރުމަކީ އަހަރެން ތާއީދު ކުރާކަމެއް ނޫނެ ބޭނުން
    ވަނީ ވަކިވަކިން ބާއްވަން ދެދުވަސް ނުވަތަ ދެހަފުތާ ތެރޭގަ ނިންމަން