ޚަބަރު

ގޭހުގެ މައްސަލަ ޙައްލު ކުރެވި، މިއަދުން ފެށިގެން 10 ކިލޯގެ ގޭސްފުޅި ގަންނަން ލިބޭނެ: އެސްޓީއޯ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ކައްކާ ގޭސް ލިބުމަށް ދިމާވި މައްސަލަ ޙައްލު ކުރެވި، މިއަދުން ފެށިގެން 10ކިލޯގެ ގޭސްފުޅި ގަންނަން ލިބޭނެ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ބުނެފިއެވެ.

Ads by Allied

އެސްޓީއޯއިން ބުނީ، ދުނިޔޭގެ ބާޒާރުގައި ސަޕްލައި ކުރުމަށް ލޮޅުންތަކެއް އަރާފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިކަމަށްވާ މޯލްޑިވްސް ގޭސް މެދުވެރިކޮށް ވިއްކަމުން ދިޔަ 10ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި ޑިސްކައުންޓް ރޭޓުތަކެއްގައި ވިއްކަމުން ދިޔައީ 7ކިލޯގެ ގޭސްފުޅިކަމަށެވެ.

ނަމަވެސް އެ މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަމަށާއި ރައްޔިތުންނަށް ރޯދަމަހު ތެރޭގައި އެއްވެސް ދަތިކަމެއް ނެތި ގޭސް ފޯރުކޮށްދެވޭނެކަމުގެ ޔަޤީންކަންދޭ ކަމަށް ވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!