ޚަބަރު

މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް: މައުމޫން

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް/ ފޮޓޯ: ދެން

މާދަމާއަކީ 1447ވަނަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަސްކަމަށް ފަލަކީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by Allied

ދިވެހި ކަލަންޑަރުގައިވާ ގޮތުން ވެސް މާދަމާއަކީ މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހެވެ.

މައުމޫން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި، ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ވާނީ މާދަމާ ކަމަށެވެ. އެ ޕޯސްޓާ އެކު މުސްލިމް އުންމަތަށް ރޯދަ މަހުގެ ތަހުނިޔާ ވެސް ފޮނުއްވައިފައި ވެއެވެ.

ރޯދަ މަހުގެ ހަނދު ސާބިތުކުރާ ޖަލްސާ މިރޭ އޮންނާނެއެވެ.

މާދަމާއަކީ ރޯދަމަހުގެ ފުރަތަމަ ދުވަސް ކަމަށް މުސްލިމް ގިނަ ގައުމުތަކުން ބުނި ނަމަވެސް، ބައެއް ގައުމުތަކުން ރޯދަ މަސް ފަށަނީ ބުރާސްފަތި ދުވަހުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!