ރައީސް މުއިއްޒު ބަނގުލަދޭޝްގެ ބޮޑުވަޒީރުއާ ބައްދަލުކުރައްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒު ބަނގުލަދޭޝްގެ ބޮޑުވަޒީރު ތާރިގު ރަހުމާންއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ބަނގުލަދޭޝްގެ އައު ސަރުކާރު ހުވާކުރެއްވުމަށް ބާއްވަވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު އެ ގައުމަށް ވަޑައިގެންނެވީ މިއަދުއެވެ. އެ ދަތުރުފުޅުގެ ތެރެއިން މިއަދު ބަނގުލަދޭޝްގެ ރައީސްއާ ބައްދަލުކުރައްވާފައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ. ނަމަވެސް އޭގެ ތަފްސީލެއް ރައީސް އޮފީހުން ނުދެއެވެ.
ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނުއެވެ.
އެ ރަސްމިއްޔާތައި ޕާލަމަންޓްގެ މެމްބަރުން އަދި ތާރިގު ވަނީ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވައިފައެވެ.
ރައީސް މުއިއްޒު އެނބުރި މާލެ ވަޑައިގަންނަވާނީ މިއަދުއެވެ.
ބަނގުލަދޭޝްގެ ވެރިކަމަށް މި ފަހަރު އައީ ބަނގުލަދޭޝް ނެޝެނަލް ޕާޓީއެވެ.
ރާއްޖެއާއި ބަނގްލަދޭޝްއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރީ 1978ގައެވެ.


