ޚަބަރު

ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

Ads by STELCO

މި ފެބުރުވަރީ މަހުގެ 17ވަނަ ދުވަހު ނައްތާލާފައި ވަނީ 126ފުޅި ބަނގުރަލާއި 122ދަޅު ބިޔަރެވެ. މި ތަކެއްޗަކީ 2025ޑިސެމްބަރު 31އިން 2026ފެބުރުވަރީ 15އަށް، ދާލު އެއާޕޯޓުން ފުރަންދިޔަ ފަތުރުވެރިންގެ އަތުން ހިފަހައްޓާފައިވާ ތަކެއްޗެވެ.

މި ތަކެތި ނައްތާލާފައި ވަނީ، ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުންނެވެ.

Ads by PNC
  1. ކަނޑުވިއްކާދޯ

    ކުޑަހުވަދޫ އަކީ އެއީ އެމްޑީޕީގެ ކިއްލާ އެކޭ އެމްޑީޕީ އަށް ތާއީދު ކުރާނީ މުޅިންވެސް ރާބޯ މީހުންނާއި އިސްލާމް ދީން ގަބޫލުނުކުރާ ކާފަރުންނޭ މިރޯދަ މަހުވެސް އެމެން މާލެ ތެރޭ އެނބުރެނީ ސޯޓް ބުރި ލައިގެންނޭ އެމްޑީޕީ އަށް މިފަހަރު އެއްވެސް މީހަކު ވޯޓްދީގެން ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ އެއީ ކަނޑުވިއްކާ ބޮޑެތި ވަގުންނޭ ވަގުންނޭ ވަގުންނޭ ކަނޑުވިއްކާ ކަނޑުވިއްކާ ކަނޑުވިއްކާ ކަނޑުވިއްކާ…