ޚަބަރު

ރޯދަމަހު ދުވާލު ކައިގެން ދެ މީހަކު ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުންގެ އޮފިސަރުން ހަރަކާތްތެރިވަނީ / ފޮޓޯ:ޕޮލިސް

ރޯދަ މަހު ދުވާލު މަގުމަތީގައި ކައިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

Ads by Allied

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަޔާނުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ގދ. ވާދޫ/ ޖަވާހިރުމާގެ. ރާއިފް އަލީ(25އ.) އަދި ސ. ފޭދޫ/ ޔެލޯ ހައުސް، މުހައްމަދު ޝިއުނީޒް(41އ.) އެވެ.

ބަންދު އަމުރުގައި ބުނެފައިވާ ގޮތުން ރާއިފް ވަނީ މަގުމަތީގައި ޗުވިންގަމެއް ކައިފައެވެ. ޝިއުނީޒް ހައްޔަރުކުރި މައްސައިގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ދެ މީހުންގެ ވެސް ބަންދާއި ހައްޔަރުގެ ރެކޯޑް އޮންނަ ކަމަށް ބަންދު އަމުރުގައި ފާހަގަކޮށްފައި ވެއެވެ.

އެ މައްސަލައިގައި ރާއިފްގެ ބަންދަށް ހަތް ދުވަސް އަދި ޝިއުނީޒްގެ ބަންދަށް ފަސް ދުވަސް ކޯޓުން ވަނީ ޖަހައިދީފައެވެ.

ރޯދަ މަހު ދުވާލު ކެއުމަކީ ގާނޫނީ ގޮތުން ކުށެކެވެ.

ލޯކަލް ގަވާމަންޓް މިނިސްޓްރީން ވަނީ ރޯދަ މަހު ފަތުރުވެރިންނަށް ކެއުންބުއިމުގެ ހިދުމަތްތައް އާންމުންނަށް ނުފެންނާނެހެން އިންތިޒާމު ކުރުމަށް ވެސް އިލްތިމާސްކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!