ރޯދަ މަހު މައުމޫން ފައުންޑޭޝަންއިން އިހުޔާގެ ހަތަރު ޖަލްސާއެއް ބާއްވަނީ
އެހެން ރޯދަ މަސްތަކެކޭ އެއްފަދައިން މި އަހަރުވެސް މައުމޫން ފައުންޑޭޝަންއިން އިހުޔާގެ ސިލްސިލާ ޖަލްސާތަކެއް ބާއްވަން ނިންމައިފައެވެ.
މައުމޫން ފައުންޑޭޝަންއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މި ރޯދަމަހު ޖަލްސާތައް ބާއްވާނީ މި މަހުގެ 24 އަދި އަންނަ މަހުގެ ތިންވަނަ ދުވަހާއި 10 ދުވަހުގެ އިތުރުން 17ވަނަ ދުވަހު ކަމަށެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބާއްވާ އެ ޖަލްސާތަކުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ދީނީ އިލްމުވެރިން ވާހަކަ ދައްކަވާނެ ކަމަށް ވެސް މައުމޫން ފައުންޑޭޝަނުން ބުންޏެވެ
ރޭގަނޑު 10ޖަހާއިރު ބާއްވާ އެ ޖަލްސާތަކުގައި ބައިވެރިވުމަށް އެ ފައުންޑޭޝަންއިން ވަނީ އެދިފައެވެ.
މި ރޯދަމަހު އަތޮޅު އިހުޔާ ފޯރަމް 10ރަށެއްގައި ވެސް އިސްލާމިކް މިނިސްޓްރީން ބާއްވަން ވަނީ ނިންމައިފައެވެ.