ޚަބަރު

ރަހީނުކުރި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން / ފޮޓޯ:ދެން އިމޭޖްސް

ބިދޭސީއަކު ރަހީނުކުރި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

Ads by Allied

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ބަނގުލަދޭޝްއަށް ނިސްބަތްވާ އިގްބާލް މިއާ(35އ.) އެވެ.

އިގްބާލުގެ މައްޗަށް ކުރަނީ ބިދޭސީއަކު ރަހީނުކޮށް ގެންގުޅެ އޭނާގެ މައްޗަށް އަނިޔާކުރިކަމުގެ ތުހުމަތެވެ.

ނަމަވެސް އޭގެ މާބޮޑު ތަފްސީލެއް ބަންދު އަމުރުގައި ހާމަކޮށްފައެއް ނުވެއެވެ.

އެ މައްސަލައިގައި އިގްބާލު 30ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުނެރެފައެެވެ. އޭނާއަކީ އިމިގްރޭޝަންގެ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ މީހެއް ކަަމަށް ވެސް ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!