ވިޔަފާރި

އެމިރޭޓްސްއިން ރާއްޖެއަށް 300 ދަތުރުކޮށް 29،340 ޓޫރިސްޓުން

ފާތިމަތު އަފްނާން ، ދެން އޮންލައިން

އެމިރޭޓްސް އެއަރލައިނުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 300 ދަތުރުކޮށް 29،340 ފަތުރުވެރިން ގެނެސްދީފިއެވެ.

Ads by STELCO

އެއަރލައިންތަކުން ޓޫރިސްޓުން ގެންނަ ހިސާބުތައް ދައްކާ ގޮތުން މިހާރު ރާއްޖެއަށް 40 އެއަރލައިނަކުން ގެންދަނީ ދަތުރު ކުރަމުންނެވެ. މިގޮތުން އެންމެ ގިނައިން ޓޫރިސްޓުން އުފުލަނީ އެމިރޭޓްސް އެއަރލައިންގައެވެ. އެ އެއަރލައިނުން 29،340 ޓޫރިސްޓުން ރާއްޖެ ގެނެސްދީފައިވެއެވެ.

އެންމެ ގިނައިން ފަތުރުވެރިން ގެނައި ފަސް އެއާލައިން:

1 - އެމިރޭޓްސް - 29،340 ފަތުރުވެރިން
2- ގަތަރު އެއަރވޭސް - 20،388 ފަތުރުވެރިން
3- ސްރީލަންކަން - 16،001 ފަތުރުވެރިން
4- އިންޑިގޯ - 14،750 ފަތުރުވެރިން
5 - އެއިރޯފްލޯޓް - 13،134 ފަތުރުވެރިން

ފަތުރުވެރިން އަންނަ މިންވަރު އިތުރުވުމާ އެކު، ބައިނަލްއަގުވާމީ އެއަރލައިންތަކުގެ ދައުރު މި ވަނީ ވަރަށް ބޮޑަށް ފާހަގަކުރެވިފައެވެ. އަދި 31 އެއަރލައިނަކުން ދަނީ ގަވާއިދުން ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ. އަދި ފަތުރުވެރިކަމުގެ ސީޒަނާ ދިމާކޮށް 9 އެއަރލައިނަކުން ޗާޓަރު ދަތުރުތައް ކުރަމުންދެއެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ބަލާއިރު، މަންޓާ އެއާ، މޯލްޑިވިއަން އަދި ފްލައިމީ އިން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފަތުރުވެރިން އުފުލުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. މިހާރު ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 67,027 އެނދު އޮޕަރޭޝަނުގައި ހުރިކަމަށް މިނިސްޓްރީގެ ރިޕޯޓުން ދައްކައެވެ.