ޚަބަރު

ވެމްކޯ ސައިޓްގައި ހިނގި ހާދިސާއެއްގައި މީހަކަށް އަނިޔާވެ އައިސީޔޫގައި ފަރުވާދެނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

މި މަހުގެ 22ވަނަ ދުވަހު ވެމްކޯގެ މާލޭގެ ސައިޓްގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި މީހަކަށް އަނިޔާވެ އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

Ads by PNC

ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓް މި މަހުގެ 23ވަނަ ދުވަހު ލިބިފައިވާ ކަމަށާއި އަނިޔާ ލިބުނު މީހާއަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

  1. މަރިޔަމް ޝިފާޒާ އިބްރާހީމް

    ކޮންމެތަނެއްގަވެސް ހާދިސާ ހިނގާނެ