Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރިޓަޔާކުރި ޕޮލިސް ކޮމިޝަނަރު ނަވީންގެ އަގު ވަޒަންކޮށްފި

ރިޓަޔާކުރި ޕޮލިސް ކޮމިޝަނަރު ނަވީންގެ އަގު ވަޒަންކޮށްފި

ދިވެހި ފުލުހުންގެ ހިދުމަތުގެ ޕޮލިސް ކޮމިޝަނަރުގެ މަގާމުން ރިޓަޔާކުރެއްވި އިސްމާއިލް ނަވީންގެ އަގު ވަޒަންކޮށްފިއެވެ.

ނަވީން ރިޓަޔާކުރައްވަން ހުށަހެޅުއްވީ މި މަހުއެވެ. އަދި މިދިޔަ ބުދަ ދުވަހުން ފެށިގެން  ފުލުހުންގެ ޚިދުމަތް ވަގުތީގޮތުން ހިންގެވުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ އޮތީ ހަވާލުކޮށްފައެވެ.

ފުލުހުންގެ ހިދުމަތުން މިއަދު ބުނީ ނަވީން ރިޓަޔާކުރެއްވުން ފާހަގަކޮށް އޭނާ ކޮށްދެއްވި ހިދުމަތުގެ އަގު ވަޒަން ކުރުމަށް މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައިވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

އެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ނަވީން ރިޓަޔާކުރެއްވީ ފުލުހުންގެ ހިދުމަތުގައި 32އަހަރު ހޭދަކުރެއްވުމަށް ފަހުއެވެ.

ކުރިން ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އިސްމާއިލް ޝުޖާއު ރިޓަޔާކުރެއްވުމާ ގުޅިގެން ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނަވަނިކޮށް، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ނަވީން އައްޔަންކުރީ މިދިޔަ ޖޫން މަހުއެވެ.

ނަވީން ރިޓަޔާކުރައްވަން ނިންމެވި އިރު ނަވީންއާ އެކު ޕޮލިސް އޮފިސަރުންތަކެއް ސަސްޕެންޑްކުރަން ލަފާދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިދިޔަ ނޮވެމްބަރު މަހު އޮތީ ފާސްކޮށްފައެވެ. ނަމަވެސް އެ ނިންމުމާ ގުޅިގެން އަދި ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް