ޚަބަރު

ކުނި ބަރުކޮށްގެން ބުރިޖު މަތިން ދަތުރުކުރި ޕިކަޕެއް ފުރޮޅާލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ސިނަމާލޭ ބްރިޖް މަތިން ނަގާފައިވާ ފޮޓޯއެއް.. ދެން އިމޭޖްސް

ކުނި ބަރުކޮށްގެން ސިނަމާލެ ބުރިޖު މަތިން ދަތުރުކުރި ޕިކަޕެއް މިއަދު ފުރޮޅާލައިފިއެވެ.

Ads by Allied

ފުލުހުން ބުނީ އެ ހާދިސާ ރިޕޯޓްކުރީ މިއަދު 09:45ކަންހާއިރު ކަމަށެވެ.

ޕިކަޕް ފުރޮޅާލަން މެދުވެރުވީ އެ ޕިކަޕްގެ ފުރޮޅު ފަޅައިގެން ގޮސް އަރި އަޅާލައިގެން ފެންސްގައި ޖެހުމުގެ ސަބަބުން ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށް ވެސް ފުލުހުން ބުންޏެވެ.