ދިރާގުން ސައުދީ އަދި ޔޫއޭއީއަށް ހިލޭ ގުޅޭ ގޮތް ހަދައިފި
މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން ދިރާގުން، އެ ކުންފުނީގެ ކަސްޓަމަރުންނަށް ސައުދި އަރަބިޔާ އަދި ޔޫއޭއީއަށް ހިލޭ މުއާސަލާތު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދީފިއެވެ.
ދިރާގުން ބުނީ، މިއީ މި ޙާދިސާއާ ގުޅިގެން އެ ސަރަހައްދުތަކުގައި ގިނަ ދިވެހި ޢާއިލާތަކެއް ދިރިއުޅެމުންދާތީ، އެ ޢާއިލާތަކުގެ ޙާލު ބެލުމަށް މެދުކެނޑުމެއް ނެތި މުއާސަލާތު ކުރެވޭނެ އިންތިޒާމް ފަހިކޮށްދިނުމުގެ ގޮތުން ފޯރުކޮށްދެވުނު ފުރުސަތެއް ކަމަށެވެ. އަދި މި ޚިދުމަތުގެ ދަށުން، 30މިނެޓުގެ ކޮންމެ ކަސްޓަމަރަކަށް ވެސް ހިލޭ ގުޅާލުމަށް ލިބިގެންދާނެ ކަމަށް ދިރާގުން މަޢުލޫމާތުދެއެވެ.
އެހެންކަމުން މި ޚިދުމަތަށް އެދުމަށް، #225*އަށް ޑައިލްކޮށްލުމުން މާދަމާގެ ނިޔަލަށް ޚިދުމަތް އެކްޓިވޭޓް ކުރެވޭނެ ކަމަށާއި އެކްޓިވޭޓްކުރުމަށް ފަހު ހަތް ދުވަހުގެ މުއްދަތަށް ބޭނުން ކުރެވިގެންދާނެ ކަމަށް ވެސް ދިރާގުން ބުނެއެވެ.