ޚަބަރު

އިންނަމާދޫގައި ޓިވެޓް ސެންޓަރެއް އަޅަން ހަވާލުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އިންނަމާދޫގައި ޓިވެޓް ސެންޓަރެއް އެޅުމަށް ހަވާލުކުރުން--

މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާ ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ދަށުން  ރ.އިންނަމާދޫގައި ޓިވެޓް ސެންޓަރެއް އަޅަން މިއަދު ހަވާލުކޮށްފިއެވެ.

Ads by PNC

އެ މަޝްރޫއު ހަވާލުކުރީ ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑްއާއެވެ.

އެ ސެންޓަރު ހާއްސްކޮށްފައި ވަނީ ރާއްޖޭގެ ސަގާފީ އަދި އިގުތިސާދީ ގޮތުން މުހިންމު ދާއިރާއެއް ކަމަށްވާ ބޯޓް-ބިލްޑިންގ ނުވަތަ ދޯނިފަހަރު ބަނުމުގެ ދާއިރާއިން މީހުން ތަމްރީނު ކުރުމަށް ކަމަށާއި މަސައްކަތުގެ ދުވެލި އަވަސްކުރުމުގެ ގޮތުން އެ އިމާރާތް ތައްޔާރުކުރާނީ ޕްރީ-ފެބް އުސޫލުން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އެ  އިންސްޓިޓިއުޓްގައި ކިޔަވައިދިނުމަށް ބޭނުންވާނެ އެންމެހާ ޒަމާނީ ވަސީލަތްތައް ގާއިމުކުރެވޭނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ތަރައްގީކުރާ މި މަޝްރޫއަކީ ދަރިވަރުންނަށް އެ ރަށްތަކުގައި ތިބެގެން މަތީ ތައުލީމާއި ތަމްރީނު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ފެށި މަސައްކަތްތަކެއްކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މަޝްރޫއުގެ ސަބަބުން މަސައްކަތްތެރިކަމުގެ ބާޒާރަށް ބޭނުންވާ ފަންނީ އަދި ހުނަރުވެރި ދިވެހި ޒުވާނުން އުފެއްދުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށާއި ސަރުކާރުގެ އަމާޒަކީ ދިވެހި ކޮންމެ ކުއްޖަކަށް ވެސް، އެކުއްޖަކު ހުރި ރަށަކުން ނުވަތަ ކައިރި ރަށަކުން މަތީ ތަޢުލީމުގެ ފުރުސަތު ހޯދައިދިނުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!