ޚަބަރު

އައްޑޫގެ ގްރޫޕް "ގޭންގް"އެއް ކަށް ކަނޑައަޅަން ކޯޓަށް ހުށަހެޅި މައްސަލަ ސިއްރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ވަކިކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ސިއްރުކުރަން ސަރުކާރުން ވަނީ ހައިކޯޓަށް / ފޮޓޯ: ދެން

އައްޑޫ ސިޓީގެ ހިތަދޫގައި ހަރަކާތްތެރިވާ ގްރޫޕެއް ކަަމަށްވާ ސްކޫޕް، "ގޭންގް"އެއް ކަަމަށް ކަނޑައަޅަން ކޯޓަށް ހުށަހެޅި މައްސަލަ ސިއްރުކޮށްފިއެވެ.

Ads by Allied

"ސްކޫޕް" ގުރޫޕަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުމުގެ ގާނޫނުގެ ދަށުން" އިންތިޒާމްވެފައިވާ ކުށްކުރާ ގުރޫޕެއްގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ އަދި މިހާރު ވެސް ކުށްކުރުމުގައި ހަރަކާތްތެރިވާ ގުރޫޕެއްކަމަށް ފެންނަ ކަމަށް ބުނެ އެ ގްރޫޕް ގޭންގްއެއްގެ ގޮތުގައި ކަނޑައަޅަން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ހައި ކޯޓަށް ހުށަހެޅީ މިދިޔަ ޖެނުއަރީ މަހުއެވެ.

އެ މައްސަލަ ހައިކޯޓުގައި ފަށާފައިވާ އިރު ރޭ ވަނީ އަޑު އެހުމެއް ކުރިއަށް ގެންގޮސްފައެވެ. ނަމަަވެސް އެ އަޑު އެހުމުގެ ވީޑިއޯ އާންމުކޮށްފައެއް ނުވެއެވެ.

"ދެން"އަށް އެނގިފައިވާ ގޮތުން އެ މައްސަލަ ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.

ޕީޖީ އޮފީހުން ވަނީ ސްކޫޕް ގްރޫޕަށް ނިސްބަތްވާ ސްޕޯޓްސް ކްލަބެއް ކަމަށްވާ "އެސްކޭޕީ ސްޕޯޓްސް ކްލަމް" އުވާލުމަށް ކޮމިޝަނާ އޮފް ސްޕޯޓްގެ މައްޗަށް އަމުރުކޮށް، "ސްކޫޕް"، "ސްކޫޕް ކަންމަތި" ނުވަތަ "SKP” ލިޔެފައިވާ ފާރުތަކާއި، އެންމެގައި ތަންތަނުން އެ ނަންތައް ފޮހެލުމަށް އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް ހައި ކޯޓުގައި އެދިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!