ޚަބަރު

އެމްބިއުލެންސްގެ މެއިންޓެނެންސްގެ ކަންކަން ބަލަހައްޓަން ފަހުމުނާމާއެއްގައި ސޮއިކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސިއްހީ ޚިދުމަތް ދޭ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގައި ބޭނުންކުރާ އެމްބިއުލަންސުތަކާއި ވެހިކަލްތައް މަރާމާތްކުރުމާއި ސާވިސްކުރުމަށް އެމްޕީއެލްއާއި ހެލްތު މިނިސްޓްރީން ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

Ads by Allied

ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ފަހުމުނާމާގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ސީއީއޯ، މުހައްމަދު މުއީންއެވެ. އަދި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުاللهއެވެ.

ހެލްތު މިނިސްޓްރީން މިދިޔަ އަހަރު ވަނީ އެމްޕީއެލްއާ ހަވާލުކޮށްގެން އެމްބިއުލެންސްތަކެއް ގެނެސްފައެވެ.

އެގޮތުން 56އެމްޕީއެލްއިން ބޭރުން ގެނައެވެ. އަދި އެއް އެމްބިއުލެންސް ކަރެކްޝަންސްއާ ހަވާލުކުރި އިރު ބާކީ 55އެމްބިއުލެންސް ފޯރުކޮށްދިނީ ރާއްޖޭގެ ދެކުނާއި އުތުރުގެ ރަށްތަކަށް ކަމަށް ވެސް އެމްޕީއެލްއިން ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!