އިރާން ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ރާއްޖެއިން ގޮވާލައިފި
އިރާން ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ހުރިހާ ފަރާތްތަކަށް ރާއްޖެއިން މިއަދު ގޮވާލައިފިއެވެ.
އެމެރިކާއާއި އިސްރާއިލް ގުޅިގެން އިރާނަށް ހަމަލާ ދޭން ފެށީ މިދިޔަ މަހުގެ 28ވަނަ ދުވަހުއެވެ. އަދި އިރާނުން ވެސް ވަނީ ރައްދުގައި ހަމަލާ ދޭން ފަށައިފައެވެ.
އޭގެ އިތުރުން އަރަބި ގައުމުތަކުގައި ހުންނަ އެމެރިކާގެ މިލިޓަރީ ބޭސްތަކަށް ވެސް އިރާނުން ދަނީ ހަމަލާ ދެމުންނެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި، އިސްރާއިލާއި އެމެރިކާއިން އިރާނަށް ދޭ ހަމަލާތަކާއި އިރާނުން އަރަބި ގައުމުތަކަށް ދޭ ހަމަލާތައް ވެސް ވަނީ ކުށްވެރިކޮށްފައެވެ.
އެމެރިކާއިން އިރާނުގެ ސްކޫލަކަށް ހަމަލަދީ އެތައް ކުޑަކުދިންތަކެއް ޝަހީދުކޮށްލި ހާދިސާއާއި އިރާނުގެ ހޮސްޕިޓަލުތަކާއި އަދި އިރާނުގެ ތެޔޮ ފެސިލިޓީތަކަށް ދެމުންދާ ހަމަލާތައް ވެސް ރާއްޖެއިން ކުށްވެރިކުރިއެވެ.
އަދި އެ ހަމަލާތަކާ ގުޅިގެން މަސްރަހު ގޯސްވެ ސުުލްހަ ގާއިމުކުރުމަށް ހުރަސް އެޅެމުންދާތީ ހުރިހާ ފަރާތްތަކަކުން ވެސް ހަމަލާތައް ބަދަލުކުރުން ހުއްޓާލަން ރާއްޖެއިން ގޮވާލިއެވެ.

ލޮލް އެއް މިސައިލް ސައޖްވާ ބައެއް
ދެންމާކަގިނަވަގުތެއްނުނަގާނެ ޖެހޭޭނީހުއްޓަން
ޔަހޫދީ
ޓި ނެގުނީ ނުބައި ނަންބަރެއް ރަނގަޅު ނަންބަރު ހިޔާރު ކުރައްވާ…ބޭނޭތި ކަމެއް ނުވިޔަސް