ޚަބަރު

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އަލަށް އިތުރުކުރާ އިމާރާތް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އަލަށް އިތުރުކުރާ އިމާރާތް އަޅަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

Ads by PNC

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ އެކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިވެސްކޮށްފައެވެ.

އެ އެއްބަަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲ އެެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އަބްދުއްރަހްމާން ޔޫސުފްއެވެ.

އަލަށް އިމާރާތްކުރާ އިމާރާތަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމަށް އަލަށް އިތުރުކުރެވޭ އިމާރާތެއް ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

އެ މަސައްކަތް ކުރިއަށް ގެންދާނީ ދެ ފޭސްއަކަށް ބަހާލައިގެން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

• ފޭސް 1(ޓާޝަރީ ފެންވަރަށް ހިދުމަތް ގެނައުމަށް އަލަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ތަނުގައި ހުރި ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރު ސީއެސްއެސްޑީ އަދި މި ނޫން ވެސް ހިދުމަތްތައް ހޮސްޕިޓަލްގެ އެހެން ތަނަކަށް ބަދަލުކުރާނެ)

• ފޭސް 2(ޓާޝަރީ ފެންވަރަށް ހިދުމަތް ގެނައުމަށް އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ އިމާރާތުގެ މަސައްކަތްކުރާނެ)

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އުތުރުގައި އެންމެ ގިނަ އަދަދެއްގެ މީހުން ހިދުމަތް ހޯދާ ހޮސްޕިޓަލެވެ.

Ads by Allied Insurance
  1. ދިސްވޭ

    ރައްޔިތުންގެ މަޖްލީސް އިންތިޚާބު ރިޔާސީ އިންތިޚާބު އެއްދުވަހެއްގައި ބާއްވަން ޖެހޭނެ އިންތިޚާބޭ ލޯކަލް ކައުންސިލް އިންތިޚާބު ސްޓްރީމް ލައިން ކުރަންވީއޭ ރާއްޖެތެރޭ ކޮންމެ ރަށަކަށް ކައުންސިލެއް ބޭނުން ނުވާނެއޭ ބަދަލުގައި ކޮންމެ އަތޮޅަކަށް ކައުންސިލް ހޮވަންވީއޭ އެވެސް ވާން ޖެހޭނީ 5 މެމްބަރުންނަށް އެމެންނަށް މަޖްލީހުގެ ގޮނޑި ހުންނަން ޖެހޭނެއޭ އެއީ ލޯކަލް ކައުންސިލް މަޖްލީސް މެމްބަރުންނޭ އެމެންނަށް މަޖްލީހުގައި ވޯޓް ނުލެވި ވަކާލާތު ކުރެވޭނެއޭ ބޭނުމަކީ ލޯކަލް ލެވެލް ގައި ރައްޔިތުންގެ ކަންބޮޑުވުން މަޖްލީހުގައި އިއްވުމޭ އެމެންގެ ޖަލްސާ ތައް އޮންނާނީ މަޖްލީސް ޖަލްސާ ތައް ނޯންނަ ދުވަސް ތަކުގައި އާއި މަޖްލީސް ޗުއްޓީ ގައި އޮންނަ އިރު އޭ މަޖްލީސް އެވާން ޖެހޭނީ 24 ގަޑިއިރު މަސައްކަތް ކުރާ ތަނަކަށޭ…