ޚަބަރު

ބޮޑުފުޅަދޫ ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

އއ. ބޮޑުފުޅަދޫ ސިއްހީމަރުކަޒަށް އަލަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފިއެވެ.

Ads by Allied

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކުރީ ލައިކަން ޕްރައިވެޓް ލިމިޓެޑް އަށެވެ.

އެކަމާ ގުޅޭ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމް ސޮއިކުރެއްވި އިރު ލައިކަން ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު އައިމަންއެވެ.

އެ އެއްބަސްވުމުގެ ދަށުން އަލަށް އިމާރާތްކުރާ ބައިގައި އޮފީސް، ޕަބްލިކް ހެލްތު ޔުނިޓް، ލެބޯޓްރީ، މީޓިންގ ހޯލް، ލޯންޑްރީ، މެޑިކަލް އަދި ޖެނެރަލް ސްޓޯސް ގާއިމުކުރެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.