ޑިންގީއެއްގައި އެކަނި ކަނޑުމައްޗަށް ނުކުތް މީހަކު ގެއްލިގެން ހޯދަނީ
ރ. ވާދޫއިން ޑިންގީއެއްގައި އެކަނި ކަނޑުމައްޗަށް ނުކުތް މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުން ދަނީ އެރަށު ވިންޑްސްޓާ، މުހައްމަދު އިގުބާލެވެ.
ފުލުހުން ބުނީ އޭނާ ކަނޑުމައްޗަށް ނިކުމެފައި ވަނީ މިއަދުގެ ފަތިހުގެ ވަގުތެއްގައި ކަމަށެވެ. އޭނާ ކަނޑުމައްޗަށް ނުކުތީ ކުޑަ ޑިންގީއެއްގައި ކަމަށާއި، ދަތުރަށް ނުކުތްއިރު އަތުގައި މޯބައިލް ފޯނެއް ނެތް ކަމަށް ފުލުހުން ބުނެފައިވެއެވެ.
"މި ރިޕޯޓު ލިބުމާއެކު ފުލުހުން ވަނީ ކަމާބެހޭ ބަހާތަކާއި އެހެނިހެން އިދާރާތަކާ މައުލޫމާތު ހިއްސާކޮށް، ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ފަށާފައި،" ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ މުހައްމަދު އިގުބާލާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ރ. އަލިފުށި ޕޮލިސް ސްޓޭޝަން ނަންބަރު 9992245އަށް ގުޅައިގެން މައުލޫމާތު ހިއްސާކުރަން އެދިފައެވެ.