ޚަބަރު

ދިގުރަށު އަލިފާނުގެ ހާދިސާ: ތާށިވެފައި ތިބި ބިދޭސީން ނެރުނީ ފާރު ތަޅާލައިގެން

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ރޭ އދ. ދިގުރަށުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ތާށިވެފައި ތިބި ބިދޭސީން ނެރުނީ ފާރު ތަޅާލައިގެން ކަމަށް ފުލުހުން ބުނެފިއެވެ.

Ads by Allied

ރޭ ދޭއް ޖަހާކަންހާ އިރު ހިނގި އެ ހާދިސާގައި ބަނގުލަދޭޝްގެ ފަސް މީހަކު މަރުވި އިރު ދުމުގެ ސަަބަބުން ހާލު ސީރިއަަސްވި ބަނގުލަދޭޝްގެ އިތުރު ދެ މީހަކު މާލެ ގެނެސް ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ ހާދިސާގެ ރިޕޯޓު ލިބުމާއެކު ފުލުހުން ވަގުތުން އެ ސަރަހައްދަށް ގޮސް، 01:58އެހައިކަންހާއިރު ހަރަކާތްތެރިވާން ފެށިއިރު، އެ ގޭގެ ބަދިގެ ތެރެއިން ވަރަށް ބޮޑަށް އަލިފާން އަރަމުންދާކަން ފާހަގަކުރެވުނު ކަމަށެވެ.

ފުލުހުން ބުނީ ގޭތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމަށް ޓަކައި، ފުލުހުންނާއި އާންމުން ގުޅިގެން ކުރި މަސައްކަތުން، ގޭގެ ބިތްދޮށު ފާރު ތަޅާލައިގެން ވަދެ ހަބަރު ހުސްވެފައި ތިބި ހަތް މީހަކު އެ ތަނުން ނެރެ، ސިއްހީ މަރުކަޒަށް ގެންދިޔައިރު، އޭގެ ތެރެއިން ފަސް މީހަކު އޮތީ މަރުވެފައި ކަމަށެވެ.

މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި ފުލުހުންގެ ހާއްސަ ޓީމެއް ވެސް މިހާރު ވަނީ އެ ރަށަށް ގޮސްފައެވެ.

Ads by Allied Insurance
  1. ީއިބްރާހިމް

    މިހާރު އަލިފާން ނިވާ ޙިދުމަތް ދެނީ ފުލުހުންތޯ؟