ޚަބަރު

ކަތިވަޅިއަކުން ހަމަލާދިން މީހަކު 7 އަހަރަށް ޖަލަށް

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން

މީގެ ތިން އަހަރު ކުރިން ވިލިމާލެ ފެރީ ޓާމިނަލްތެރޭގައި ކަތިވަޅިއަކުން މީހަކަށް ހަމަލާދީ ޒަހަމްކޮށްލި މީހަކު 7 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

Ads by PNC

މި މައްސަލައިގައި ކުށް ސާބިތުވެފައި ވަނީ ގދ. ގައްދޫ، ޖަނބުރީޒްގަސްދޮށުގެ، މުހައްމަދު ޝަފީގުގެ މައްޗަށެވެ.

ފެބްރުއަރީ 14، 2023ވަނަ ދުވަހުން ހިންގި މި މާރާމާރީއާ ގުޅިގެން އޭނާގެ މައްޗަށް ދައުލަތުން އުފުލީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށެވެ.

މި މައްސަލައިގައި ޝަފީގު މީގެ ކުރިން ވަނީ ކުށަށް އިންކާރުކޮށްފައެވެ. އަދި އޭނާގެ ދިފާއު ސާބިތުކުރުމަށް ހެކި ވެސް ހުށަހެޅިއެވެ. ނަމަވެސް ތިން އަހަރު ފަހުން އޭނާ ވަނީ ކުށަށް އިއުތިރާފުވެފައެވެ.

އެހެންވެ، މިމަހުގެ 10ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، 7އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. ބަންދުގައި ހުރި މުއްދަތު ކެނޑުމަށް ފަހު އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 4އަހަރުގެ މުއްދަތެކެވެ.

Ads by Allied Insurance
  1. މުހައްމަދު

    4 އަހަރު ފަހުން އަނެއަކާވެސް ކަތިވަޅި ހިފައިގެން ނިކުމެ އެމީހާއަށް ހަމަލާ ދޭނީ. މިކަހަލަ މީހުންގެ 2 އަތްތިލަ ބުރިކޮށް ކަތިވަޅި ހިފައިގެން ނޫޅެވޭގޮތް ހަދަން ޖެހޭ.