ޚަބަރު

މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް އަޅަން 127 މިލިއަން ރުފިޔާއަށް ހަވާލުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް އަޅަން 127މިލިއަން ރުފިޔާއަށް ބަޔަަކާ ހަވާލުކޮށްފިއެވެ.

Ads by Allied

ހައުސިން މިނިސްޓްރީން މިއަދު އެކަމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ޓްރަސްޓެންގް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފައިވާ ކަމަށެވެ.

އެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ މުހައްމަދު ޝާމިލް އެވެ. އަދި ޓްރަސްޓެންގް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު އަބްދުލް ހާދީއެވެ.

އެ މަޝްރޫއުގެ ދަށުން ވެޓް މާކެޓް ކޮމްޕްލެކްސް އަޅާނީ މިހާރު ލޯކަލް މާރުކޭޓް ހުރި ތަނުގައެވެ.

އެ މަޝްރޫއުގެ ދަށުން އެ ކޮމްޕްލެކްސްގެ އެންމެ ތިރީ ފަންގިފިލާގައި އަޅާނީ މަސް މާރުކޭޓެކެވެ. ދެވަނަ އަދި ތިންވަަނަ ފަންގިފިލާގައި ތަރުކާރީ މާރުކޭޓެއް ތަރައްގީ ކުރާއިރު ހަތަރުވަނަ ފަންގިފިލާ ތަރައްގީ ކުރާނީ ފުޑް ކޯޓްތަކަށެވެ.