ޚަބަރު

މީދޫ ހޮސްޕިޓަލު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ރ. މީދޫގައި އަޅާ ހޮސްޕިޓަލު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

Ads by Allied

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމްއެވެ. އަދި އަރިހުގައި މަޑުއްވަރީ ދާއިރާގެ މަޖިލީހުގެ މެންބަރު އަހުމަދު ޒާހިރުއާއި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މީދޫ ހޮސްޕިޓަލުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ އާރުޑީސީއާއެވެ. އެ މަސައްކަތް ހަވާލުކުރީ މިދިޔަ މޭ މަހުއެވެ.

ސަރުކާރުން މިދިޔަ މަހު ބުނި ގޮތުގައި މިހާރު ރާއްޖޭގެ އެކި ސަރަހައްދުގައި އަޅަމުންދާ ހޮސްޕިޓަލުތަކުގެ ތެރެއިން ހަ ހޮސްޕިޓަލެއްގެ މަސައްކަތް މި އަހަރު ނިންމައި އެ ތަންތަން ހުޅުވާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!