ޚަބަރު

އުލިގަމުގައި ޔޮޓް މެރީނާއެއް އަޅަން ހަވާލުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ހއ. އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާ ތަރައްގީ ކުރަން ބަޔަކާ ހަވާލުކޮށްފިއެވެ.

Ads by Allied

އެމްޕީއެލްއިން އެ މަސައްކަތް ހަވާލުކުރީ ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާއެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ އެކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިވެސްކޮށްފައެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 18ޔޮޓަށް އެއް ފަހަރާ ބަނދަރުކުރެވޭނެ މެރީނާއެއް ތަރައްްގީ ކުރާނެކަމެއް އެމްޕީއެލްއިން ބުންޏެވެ.

އެ މެރީނާއިން ޔޮޓް ފަހަރަށް ބޭނުންވާ މައިގަނޑު ހިދުމަތްތަކުގެ އިތުރުން، އިމިގްރޭޝަން އަދި ކަސްޓަމްސްގެ ހިދުމަތްވެސް ލިބިގެންދާނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ.

އަދި ޔޮޓް މެެރީނާ އޮޕަރޭޓްކޮށް، އިތުރަށް ތަރައްގީކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް އެމްޕީއެލްއިން ބުންޏެވެ.