ޚަބަރު

މާދަމާ ފަހު ރޯދަ، އީދަކީ ހުކުރު ދުވަސް

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ހަނދުގެ ފޮޓޯއެއް -- ފޮޓޯ: ގޫގުލް

މިއަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަހަކީ މާދަމާ ކަމަށާއި، ފިތުރު އީދު ދުވަހަކީ އަންނަ ހުކުރު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން މިރޭ އިއުލާންކޮށްފިއެވެ.

Ads by Allied

މިއަހަރުގެ ޝައްވާލް މަހުގެ ހަނދާ ބެހޭ ގޮތުން ގޮތް ނިންމުމަށް ބޭއްވި ފަލަކީ ކޮމެޓިގެ ބައްދަލުވުމަށް ފަހު މިނިސްޓްރީން އިއުލާނު ކުރި ގޮތުގައި، ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ޝައްވާލް މަހުގެ ހަނދު ފެނިފައެއް ނުވެއެވެ.

ހަނދާ ބެހޭ ބަޔާނުގައި ބުނީ، އިރުއޮއްސުނުއިރު ރާއްޖޭގެ އެއްވެސް ރަށަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށް ހަނދުނު ފެނުނުކަން ޝަރުއީ ހަމަތަކުންގެ މަތީން ސާބިތުވެފައި ނުވާތީއާއި، އިސްލާމީ އެއްވެސް ގައުމަކަށް މިރޭ ހަނދު ފެންމަތި ނުވާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ކަށަވަރުވާ ކަމަށެވެ.

އެހެންކަމުން، ރަމަޟާން މަހާއި ޝައްވާލް މަހުގެ ސާބިތު ކުރުމަށް ރާއްޖޭގައި އަމަލުކުރާ އުސޫލުގެ މަތިން، މާދަމާއަކީ މިއަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަސް ކަމަށް ކަނޑައަޅައި އެކަން ވަނީ އިއުލާނުކޮށްފައެވެ.

ސައުދީ އަރަބިއްޔާއާއި އިސްލާމީ ގިނަ ގައުމުތަކަށް ފިތުރު އީދު ދުވަހަކީ ހުކުރު ދުވަސް ކަމުގައި ވަނީ ކަނޑައަޅައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!