ޚަބަރު

އައްޑޫގައި ކާރެއް ފުރޮޅާލައި 4 މީހަކަށް އަނިޔާވެއްޖެ

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
އައްޑޫ ހިތަދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް / ފޮޓޯ:ޓައިމްސް އޮފް އައްޑޫ

އައްޑޫ ސިޓީގެ ހިއްކި ސަރަހައްދުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ފުރޮޅާލައި، 4މީހަކަށް އަނިޔާވެއްޖެއެވެ.

Ads by Allied

ފުލުހުން ބުނީ މިއަދު ހަވީރު 16:50ހާއިރު ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ އެ ކާރުގައި ތިބީ 4މީހުން ކަމަށާއި އެ އެންމެންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށެވެ. އަދި ކާރު ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.

އަނިޔާވި އެންމެންނަށް ވެސް މިހާރު ދަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!