ޚަބަރު

އާސަންދައިން ދޭ އެމްބިއުލާންސްގެ ހިދުމަތްގެ ހިދުމަތް ފުޅާކުރަނީ

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --

އެމްބިއުލާންސްގެ ހިދުމަތަށް އާސަންދައިން ދޭ ކަވަރޭޖް ފުޅާ ކުރަން ނިންމައިފިއެވެ.

Ads by PNC

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ގިނަ ބަޔަކު އެދެމުންދާތީ، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެމްބިއުލާންސްގެ ހިދުމަތް މިހާރަށްވުރެ ފުޅާކުރަން ނިންމާފައިވާ ކަމަށެވެ.

މިހާރު އޮތްގޮތުން ނަމަ އެމްބިއުލާސްގައި އާސަންދަ ލިބެނީ ވަރަށް މަދު ހިދުމަތްތަކަށެވެ.

ރައީސް ވިދާޅުވީ ހިދުމަތް ފުޅާކުރުމުން، ކުއްލި ހާލަތުގައި ހޮސްޕިޓަލަށް ގެންނަ ބަލި މީހާއާއި ނިޔާވެގެން ގެންދާ މައްޔިތާގެ ހަށިގަނޑު އުފުލުންވެސް އާސަންދައިން ކަވަރު ކުރާނެ ކަމަށެވެ.

އަދި ވީލްޗެއާގައި ގެންނަ ބަލި މީހުންނާއި އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ މީހުން އަދި އެމަޖެންސީ ހާލަތުގައި އިވެކްއޭޓްކުރަން ޖެހޭ ހާލަތްތަކުގައިވެސް އެ ސްކީމުން ކަވަރުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ބަދަލުތައް ގެންނަން ނިންމާފައިވަނީ ވަރަށް ޓެކްނިކަލް ލެވެލްއެއްގައި އެކި އޭންގަލްތަކުން މަޝްވަރާ ކުރުމަށްފަހު. މިއީ ގިނަ ބަޔަކަށް ދަތިވެގެން ލުއިތަކެއް ބޭނުންވާތީ އެކަމަށް މަޝްވަރާކޮށް ނިންމި ނިންމުމެއް،" ރައީސް ވިދާޅުވިއެވެ.

ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު އާސަންދައިން ޖުމްލަ 2.3 ބިލިއަން ރުފިޔާއަށްވުރެ ގިނަ ހަރަދުކޮށްފައިވެއެވެ.