ރ. އަލިފުށީގެ ގެއެއްގައި އަލިފާން ރޯވެއްޖެ
ރ. އަލިފުށީގައި މީހުން ދިރިއުޅޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ޤައުމީ ދިފާއީ ބާރުން ބުނީ، މި ހާދިސާ ހިނގާފައި ވަނީ އަލިފުށީ "އައިރިސް" ނަމަކަށް ކިޔާ ގޭގައި ކުއްލި ގޮތަކަށް ކަމަށެވެ. އަދި އެ އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލުމަށްޓަކައި ޅ. ނައިފަރު ފަޔަރ ސްޓޭޝަނުގެ ސިފައިން ވަނީ އެ ރަށަށް ގޮސް ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް ދިފާއީ ބާރުން މަޢުލޫމާތުދެއެވެ.
މި ހާދިސާގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި މިހާތަނަށް ކަށަވަރު ކުރެވިފައި ނުވާއިރު، މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތުތައް ސާފުވަމުންދާ ވަރަކަށް ކަމާބެހޭ ފަރާތްތަކުން އާންމުކުރަމުން ގެންދާނެ ކަމަށް ބުނެއެވެ.
Ads by Allied Insurance