ޚަބަރު

ސިއްޙީ ކުއްލި ނުރައްކަލުގެ މުއްދަތު ނޮވެންބަރު 5އާ ހަމަޔަށް އިތުރުކޮށްފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކޮވިޑް19އާ ގުޅިގެން އިއުލާން ކޮށްފައިވާ ޞިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނޮވެންބަރު މަހުގެ 5އާ ހަމަޔަށް އިތުރުކުރަން ހެލްތު މިނިސްޓްރީން ނިންމައިފިއެވެ.

Ads by MWSC

ހެލްތު މިނިސްޓްރީއާއި ވަގުތީގޮތުން ހަވާލުވެ ހުންނެވި މިނިސްޓަރު މިނިސްޓަރު އަސްލަމް ސޮއި ކުރައްވާ މިއަދު ނެރުއްވި ގަރާރުގައި ރާއްޖޭގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިވަނީ 7 ވަނަ ފަހަރަށް އިތުރުކޮށްފައެވެ.

ވޯލްޑް ހެލްތު އޯގަނައިޒޭޝަން އިން ކޮވިޑު-19 އަކީ “ޕެންޑަމިކް” އެއް ކަމަށް ނިންމި ހިސާބުން ރާއްޖޭގެ ކުއްލި ހާލަތުވެސް ވަނީ މެއި މަހުގެ 12 ވަނަ ދުވަހުން ފެށިގެން އިއުލާނު ކޮށްފައެވެ. ގާނޫނުގައި ވާގޮތުން ހެލްތު މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން މިނިސްޓަރު  ވަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.

އެންމެ ފަހުން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކޮށްފައި ވަނީ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިރޭ މިމުއްދަތު ހަމަވުމާއި ގުޅިގެން މިނިސްޓަރު ސޮއި ކުރައްވާ ނެރުއްވާފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދެމެހެއްޓުމަށް އިއުލާނު ކުރާ ގަރާރުގައި ބުނެފައި ވަނީ އަދިވެސް ރާއްޖޭގައި ކޮވިޑު-19 ފެތުރެމުން އަންނަ ކަމަށާއި، ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދެއްވުމަށް ޓަކައި ހާއްސަ ފިޔަވަޅު ތަކެއް އަޅަން ޖެހޭކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ލަފާދީފައިވާތީ ރާއްޖޭގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރަން ނިންމެވީ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!