ޚަބަރު

މާލެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެ، ހަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

މާލެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެ، ހަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

Ads by PNC

ފުލުހުންގެ ޚިދުމަތުން ބުނީ، މުޖުތަމައު މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މާލޭގައި މި އޭޕްރީލް މަހުގެ 1ވަނަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކުރިއަށްގެންދިޔަ މި ޚާއްސަ އޮޕަރޭޝަނެއްގައި، ކޯޓު އަމުރެއްގެ ދަށުން ދެ ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު މީހުންގެ ތެރޭގައި ހިމެނެނީ ދ. މީދޫ ހަނީސީޒަން މުޙައްމަދު މާހިރު (36އ) އާއި، ސ. ހުޅުދޫ ސޯސަން ޢަލީ އީޝާދު (32އ) އާއި، މާލެ ގ. ކަނދުމާގެއާގެ އާހިލް ޢަލީ (23އ) އާއި، ގދ. ތިނަދޫ ފައިވްރޯސް ރިކްޒު އާދަމް (23އ) އާއި، ޅ. ހިންނަވަރު ދުންތަރި މުޙައްމަދު ސުހާން އަޙްމަދު (39އ) އަދި ލ. ގަން މުކުރިމަގު މަތަރެސްމާގެ ޢަބްދުލްމާޖިދު އިބްރާހީމް (38އ) ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މީގެ ތެރެއިން ހަތަރު މީހަކު ކަމަށްވާ ޢަލީ އީޝާދު، މުޙައްމަދު މާހިރު، ޢަބްދުލްމާޖިދު އިބްރާހީމް އަދި މުޙައްމަދު ސުހާން އަޙްމަދު 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އާހިލް ޢަލީގެ ބަންދަށް 12 ދުވަސް ދީފައިވާއިރު، ރިކްޒު އާދަމް ބަންދުކުރުމަށް ކޯޓުން ކަނޑައަޅާފައި ވަނީ ފަސް ދުވަހުގެ މުއްދަތެކެވެ.

މަސްތުވާތަކެއްޗާއި ބަނގުރަލުގެ ނުރައްކާތަކުން ދިވެހިރާއްޖެ ސަލާމަތްކުރުމަށް މެދުނުކެނޑި ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ދާދިފަހުން އަތުލައިގަތް މި މައްސަލައިގެ ތަހުގީގު ފުލުހުން އަންނަނީ އިތުރަށް ކުރިއަށް ގެންދަމުންނެވެ.

Ads by Allied Insurance