ޚަބަރު

ރައްޔިތުން ވޯޓަށް ނެރުމުގައި އީސީން އިހުމާލުވެފައިވާކަމަށް ވިދާޅުވެ ޔާމީންގެ ފާޑުކިޔުންތަކެއް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ކުރީގެ ރައީސް އަބްދުﷲ ޔާމީން/ ފޮޓޯ: ދެން

މިއަދު ކުރިއަށްދާ މުހިންމު އިންތިޚާބާއި ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން ބައިވެރިކުރުވުމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާކަމަށް ވިދާޅުވެ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެ ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Ads by Allied

އަހުމަދިއްޔާ ސްކޫލުގައި ވޯޓުލެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ކުރީގެ ރައީސް ޔާމީން ވިދާޅުވީ، ދުސްތޫރީ ނިޒާމާ ގުޅިފައިވާ މިފަދަ ބޮޑު ނިންމުމެއް ނިންމާއިރު، އީސީން އަމަލުކޮށްފައި ވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށެވެ. މިގޮތުން، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިންނަށް ވޯޓުލުމުގެ ހައްޤު ގެއްލޭގޮތަށް ފޮށިތައް ނުބެހެއްޓުމާއި، ރީރަޖިސްޓްރީ ކުރުމުގެ މަރުހަލާގައި ކޮމިޝަނުން ދެއްކި ފަރުވާކުޑަކަން ރައީސް ޔާމީން ވަނީ ކުށްވެރިކުރައްވާފައެވެ. އަދި ވޯޓުލާ މަރުކަޒަށް ހާޒިރުވާ މީހުންނަށް ވަކި ކަރުދާހެއް ދޫކޮށްލެވޭގޮތަށް އޮންނަ އުސޫލަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ ޝައުގުވެރިކަން ނެތަސް، ޤައުމީ ބޮޑެތި މައްސަލަތަކުގައި މީހުން ހޭލުންތެރިކުރުވައި ވޯޓަށް ނެރުމަކީ އީސީގެ މައިގަނޑު އެއް ވާޖިބުކަން ފާހަގަކުރައްވަމުން، ޔާމީން ވަނީ މިއީ އިޚުތިޔާރީ ކަމެއްގެ ގޮތުގައި ނުދެކި، ކޮންމެހެން ވެސް އަދާކުރަންޖެހޭ މަޖުބޫރު ޤައުމީ ވާޖިބެއްގެ ގޮތުގައި ދެކިގެން ހުރިހާ ރައްޔިތުން ވެސް ވޯޓުލުމަށް ނުކުތުމަށް އިލްތިމާސްކުރައްވާފައެވެ.

މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކުރިއަށްދާ މި ވޯޓުލުމުގައި ޖުމްލަ 294,937 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިފައިވެއެވެ. މިއީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން، ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގޭ މުހިންމު ވޯޓެކެވެ.

Ads by Allied Insurance
  1. ޢަހު

    އާރާއި ބާރު ނަހަމަ ގޮތުގައި ބޭނުންކޮށް ހިތުހުރި ގޮތހަކަށް ވެރިކަން ވެރިކަން ކޮއްފަ ދހެން ވާހަކަެހކޮ