ޚަބަރު

ފަޅުވެރިން ހަބަރު ހުސްވީ ޖެނެރޭޓަރަކުން ނުކުތް ދުމުން: ފުލުހުން

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ނޯތު ހާބަރު -- ފޮޓޯ އެމްޕީއެލް

މާލެ ނޯތު ހާބަރުގައި އޮތް ބޯޓެއްގެ 5 ފަޅުވެރިން ހާލު ދެރަވެ، ހަބަރު ހުސްވީ ޖެނެރޭޓަރަކުން ނުކުތް ދުމުގެ އަސަރު ކޮށްގެން ކަމަށް ފުލުހުން ބުނެފިއެވެ.

Ads by PNC

ހއ. އަތޮޅެއްގެ ބޯޓެއްގައި ތިބި 4 ބިދޭސީންނާއި ދިވެއްސެއްގެ ހާލު ދެރަވެގެން ފުލުހަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 6:35 ހާއިރުއެވެ.

މި ހާދިސާގެ އަޕްޑޭޓެއް ހިއްސާކުރަމުން ފުލުހުން ބުނީ މިހާރު އެމީހުން ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

އަދި މިހާތަނަށް ބެލި ބެލުމުން، މި ހާދިސާ ހިނގަން މެދުވެރިވި ކަމަށް ބެލެވެނީ ބަންދުކޮށްފައި ހުރި ތަނެއްގައި ޖެނެރޭޓަރެއް ހިންގާފައި ހުއްޓައި، އޭގެއިން ބޭރުވި ދުމުގެ އަސަރު އެތަނުގައި ނިދާފައި ތިބި މީހުންނަށް ކުރުމުގެ ސަބަބުން ކަމަށް ފުލުހުން ބުންޏެވެ.

"މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި ނިދުމަށް ނުވަތަ އަރާމުކުރުމަށް ބޭނުންކުރާ ބަންދު ތަންތަނުގައި ޖެނެރޭޓަރުފަދަ ވިހަ ގޭސް ބޭރުވާ ތަކެތި ބޭނުން ނުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދަންނަވަން،" ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

އިތުރަށް ފުލުހުން ބުނީ ޖެނެރޭޓަރުން ބޭރުވާ ދުމުގެ އަސަރު ކުރުމުން ހެއަށް ގޮތްވެ، ފުރާނައަށް ނުރައްކާ ހާލަތަކަށް ކަންކަން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

Ads by Allied Insurance