ޚަބަރު

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް މުވައްޒަފުން ހޯދަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް--

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފިއެވެ.

Ads by PNC

އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކޮށް ބޮޑެތި ބަދަލިތަކެއް ގެނެސް ހަނިމާދޫ އެއާޕޯޓް އަލުން ހުޅުވީ މިދިޔަ އަހަރުގެ މިނިވަން ދުވަހުއެވެ.

އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑްއިން މިއަދު ކުރި އިއުލާނެއްގައި ވަނީ ހަނިމާދޫ އެއާޕޯޓަށް އެވްސެކް ޓްރޭނީގެ 10 މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައެވެ.
އެ މަގާމުތަކަށް ހޮވޭ ފަރާތްތަކަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 14،000އެއްހާ ރުފިޔާ ލިބޭނެއެވެ.
މަގާމަށް ކުރިމަތިލުމުގެ ޝަރުުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރުފުރި 35 އަހަރު ނުފުރޭ ދިވެހި ރައްޔިތެއްކަމުގައިވުން ހިމެނެއެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 13އާ ހަމައަށް ވަނީ ހުޅުވާލައިފައެވެ.
އުތުރުގައި ޓޫރިޒަމްގެ ސިނާއަތު ފުޅާވަމުންދާ އިރު އެ ސަރަހައްދަށް ދަތުރުފަތުރުކުރާ މިންވަރު ވެސް ދަނީ އިތުރުވަމުންނެވެ.

Ads by Allied Insurance