ޚަބަރު

ވާދަވެރި އިންތިޚާބަކަށް ފަހު ވިލިނގިލީގެ ފުރިހަމަ ކާމިޔާބީ ޕީއެންސީއަށް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ޕީއެންސީ ގއ. ވިލިނގިލި ދާއިރާ

ގއ. ވިލިނގިލީގެ ރަށު ކައުންސިލްގެ މުޅި ކޮންޓްރޯލް ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް(ޕީއެންސީ) އިން ނަގައިފިއެވެ.

Ads by Allied

ވާދަވެރި ކެމްޕޭނަކަށްފަހު، ވިލިނގިލީ ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވީ ޕީއެންސީގެ ކެންޑިޑޭޓް ވިޝާލް މުޙައްމަދު އެވެ. ވިޝާލް ވަނީ 1,160 ވޯޓު (%52.8) ކާމިޔާބު ކުރައްވާފައެވެ. މި ނަތީޖާއަކީ ވިލިނގިލީގެ ރައްޔިތުން ސަރުކާރުގެ ސިޔާސަތުތަކަށް އޮތް އިތުބާރު ހާމަކޮށްދިން ނަތީޖާއެއްގެ ގޮތުގައި ސިޔާސީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

‎ކައުންސިލްގެ އެހެން ގޮނޑިތަކަށް ބަލާއިރު، އަޝްރަޤް ގާދިރު (825 ވޯޓު) އަދި މުޙައްމަދު ޢަބްދުލް އަޙަދު (822 ވޯޓު) ވަނީ ޕީއެންސީގެ ޓިކެޓުގައި ގޮނޑިތައް ކާމިޔާބު ކުރައްވާފައެވެ. މީގެ އިތުރުން އަންހެނުންނަށް ޚާއްސަ ކުރެވިފައިވާ ދެ ގޮނޑި ވެސް ނެގީ ޕީއެންސީގެ އަޒީމާ ޙަސަން އާއި ސޫދާ ނާޞިރެވެ. ވިލިނގިލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމާއި ހުރިހާ މެންބަރުންގެ ގޮނޑިތައް ވެސް ޕީއެންސީން ކާމިޔާބުކޮށް، އެ ރަށުން އެމްޑީޕީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ.

މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބަކީ ރާއްޖޭގެ ސިޔާސީ މަސްރަޙަށް އައި ބޮޑު ބަދަލެއް ފެނިގެންދިޔަ އިންތިޚާބެކެވެ. ޚާއްސަކޮށް، ބޮޑެތި ސިޓީތަކާއި އާބާދީ ބޮޑެތި ރަށްރަށުގެ ނަތީޖާ އިން ފެނިގެންދިޔައީ ސިޔާސީ މައި ދެ ޕާޓީގެ މެދުގައި އޮތް ވާދަވެރިކަން ވަރަށް ބޮޑަށް ހަމަހަމަވެފައިވާ ތަނެވެ.

Ads by Allied Insurance