ޚަބަރު

މި ތިބީ ރައީސް މުއިއްޒުއާއެކު ގަދަކޮށް: މުބީން

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މުބީން ރައީސް މުއިއްޒުއާއެކު--

ޕީއެންސީގެ މެމްބަރުން ތިބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު ގަދަކޮށް ކަމަށް ޕީޕީއެމްގެ ބިލެއްދޫ ދާއިރާގެ ރައީސް އަދި މި ސަރުކާރުގައި  ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވި އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.

Ads by Allied

މިދިޔަ ހޮނިހިރު ދުވަހު ނިމިގެން ދިޔަ ލޯކަލް ކައުންސިލްގެ އިންތިހާބުގައި ސަރުކާރަށް މުހިންމު ގޮނޑިތައް ވަނީ ގެއްލިފަ އެވެ. އެގޮތުން ސިޓީތަކުން ސަރުކާރަށް ވަނީ ނާކާމިޔާބުވެފައެެވެ.

އަދި ދެ އިންތިހާބު އެއްކޮށް ބާއްވަން ނުފެންނަ ކަމަށް ވެސް ރައްޔިތުން ވަނީ ވޯޓު ދީފައެވެ.

އެ ނާކާމިޔާބު ކުރިމަތިވެފައިވަނިކޮށް މުބީން މިއަދު ފޭސްބުކުގައި ވިދާޅުވީ މިތިބީ ޕީޕީއެމްގެ މެމްބަރުން ތިބީ ރައީސް މުއިއްޒުއާއެކު ގަދަކޮށް ކަމަށެވެ.

އަދި  ގަދަކޮށް 2028ކާމިޔާބު ކުރަން ސާބިތުވެ ތިބިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްގެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއާ ގުޅިގެން ފީޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ އިންތިހާބަކުން މޮޅުވުމާއި ބަލިވުމުގައި ތަފާތު ސަބަބުތައް އެކުލެވިގެންވާކަމަށެވެ. އަދި ޕީއެންސީއަކީ މުސްތަގުބަލަށް އަމާޒުހިފައިގެން ކުރިއަށްދާ ޕާޓީއެއްކަމާއި، ނިމިދިޔަ އިންތިހާބަކީ ކުރިއަށް އޮތް ތަނުގައި އަމަލުކުރަންވީ ގޮތްތައް މަގުދައްކައިދިން މުހިންމު ހަރަކާތެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.

Ads by Allied Insurance