ފުވައްމުލަކުން މިރޭ އެކި ވަގުތު ކަރަންޓު ކަނޑަނީ
ފުވައްމުލަކުން މިރޭ އެކި ވަގުތުތަކަށް ބަހާލައިގެން ކަރަންޓު ކަނޑަން ފަށައިފިއެވެ.
ފުވައްމުލަކުގައި ކަރަންޓުގެ ހިދުމަތްދޭ ފެނަކައިން މިރޭ ނެރުނު ބަޔާނުގައި ބުނީ ކަރަންޓު ކަނޑަން ޖެހުނީ އެ ރަށުގެ ޖެނެރޭޓަރު ސެޓަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.
ކަރަންޓު ކަނޑަން ފެށީ މިރޭ ހަޔަކުން ފެށިގެންނެވެ.
އެގޮތުން ކޮންމެ ގަޑިއަކުން ގަޑިއަކުން މިރޭ 12އާ ހަމައަށް ފުވައްމުލަކުގެ ހަ ސަރަހައްދަކުން ކަރަންޓު ކެނޑޭނެ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
އެހެންވެ ކަރަންޓު ކެނޑޭނެތީ އިލެކްޓްރޯނިކްސް ތަކެތި އޮފްކޮށްފައި ބެހެއްޓުމަށް ވެސް ފެނަކައިން ވަނީ އިލްތިމާސްކޮށްފައެވެ.
ފުވައްމުލަކުގެ ކަރަންޓަށް މައްސަލަ ދިމާވި އިރު މީގެ ކުރިން އައްޑޫގައި ކަރަންޓު ކެނޑޭ މައްސަލަ އޮތީ ވަރަށް ބޮޑުވެފައެވެ. ނަމަވެސް ސަަރުކާރުން ވަނީ އެކަމަށް ހާއްސަ އިސްކަމެއް ދީގެން ދާއިމީކޮށް އެކަމަށް ހައްލު ހޯދަން މަސައްކަތް ފަށައިފައެވެ.