ޚަބަރު

ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަށް ބައިނަލްއަގުވާމީ ގޮތުން ފުރަތަމަ ފަހަރަށް ރޭޓިން ލިބިއްޖެ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މަސްވެރިންތަކެއް--

ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަށް ބައިނަލްއަގުވާމީ ގޮތުން ފުރަތަމަ ފަހަރަށް ރޭޓިން ލިބިއްޖެއެވެ.

Ads by Allied

ފިޝަރީޒް މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި ބުނީ އެމެރިކާގެ މަސްވިއްކާ ކުންފުނިތަކުން އަދި އެހެނިހެން ފަރާތްތަކުން މަސް ގަތުމުގައި ރިއާޔަތްކުރާ މޮންޓަރޭ ބޭ އެކުއޭރިއަމްގެ "ސީފުޑް ވޮޗް" ޕްރޮގްރާމުން އެންމެ ފަހުން އާންމުކުރި މިންގަނޑުގައި ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަށް ހާއްސަ ރޭޓިންގްއެއް
ކަނޑައަޅައިފާއިވާ ކަމަށެވެ.

މިއީ ސީފުޑް ވޮޗްގެ ތާރީހުގައި ވެސް ވަކި ގައުމަކަށް ހާއްސަކޮށްގެން ކަނޑުމަހުގެ މަސްވެރިކަމަށް ރޭޓިންގްއެއް ކަނޑައެޅި ފުރަތަމަ ފަހަރުކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން މިއީ ރާއްޖެއަށާއ،ި ދުނިޔޭގެ ފެންވަރުގައި ދެމެހެއްޓެނިވި މަސްވެރިކަން ވަޒަންކުރުމުގައި ލިބުނު ތާރީހީ ކުރިއެރުމެއްކަން މިނިސްޓްރީން ފާހަގަކުރިއެވެ.

އިންޑިއާ ކަނޑުގެ އެކި ސަރަހައްދުތަކުގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމުގެ ދެމެހެއްޓެނިވި ކަމާގުޅޭ ކަންބޮޑުވުންތަކެއް ހުރި ނަމަވެސ،ް މުޅި ސަރަހައްދުން ވެސް ކަނޑުމަހުގެ ވިޔަފާރީގައި އިހުތިޔާރުކުރަން އެންމެ ރަނގަޅު ނުވަތަ "ބެސްޓް ޗޮއިސް" ގެ ގޮތުގައި ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ވަނީ ރޭޓްކޮށްފައެވެ.

މިއީ ދިވެހި މަސްވެރިންނާއ،ި މަސް ގަނެ ޕްރޮސެސްކުރާ ފަރާތް ތަކާއ،ި ސަރުކާރުން ގިނަ އަހަރުތަކެއް ވަންދެން ކުރަމުން އަންނަ ބުރަ މަސައްކަތުގެ ނަތީޖާކަން މިނިސްޓްރީން ފާހަގަކުރިއެވެ.

ރޭޓިންއާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މިއީ ރާއްޖެއަށް ފަހުރުވެރި ވަގުތުކޮޅެއް ކަމަށާއ،ި "ސީފުޑް ވޮޗް" އިން ވަކި ގައުމަކަށް ހާއްސަކޮށް ދޭ ރޭޓިންގްއެއް ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބުމަކ،ީ ދެމެހެއްޓެނިވިކަމާއި ޒިންމާދާރުކަމުގެ މައްޗަށް ބިނާވެފައިވާ ރާއްޖޭގެ މަސްވެރިކަމުގެ މޮޑެލް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަނެފައިވާކަމުގެ ހެއްކެއް ކަމަށެވެ.

Ads by Allied Insurance