ޒަކާތު ހައުސްއިން ބުނީ މި އަހަރުގެ ކުއިޒްއަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި އެގޮތުން 5000އަށް ވުރެ ގިނަ މީހުން ކުއިޒުގައި ބައިވެރިވި ކަމަށެވެ.
ޒަކާތު ކުއިޒްއިން އެއްވަނަ ހޯދައި އުމްރާ ދަތުރު ލިބުނީ މައާލްއަށް
ނިމިގެން ދިޔަ ރޯދަ މަހު މޯލްޑިވްސް ޒަކާތު ހައުސްއިން ކުރިއަށް ގެންދިޔަ ޒަކާތު ކުއިޒްގެ ނަސީބު ވެރިޔާ މިއަދު ހޮވައިފިއެވެ.
ޒަކާތު ހައުސްއިން ބުނީ ކުއިޒު ނިމުނު އިރު، ހުށަހެޅި ހުރިހައި ސުވާލަކަށް ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ރަނގަޅު ޖަވާބު ދިން 126ބައިވެރީން ފައިނަލް ގުރުއަތަށް ހޮވުނު ކަމަށެވެ. އަދި މިއަދު ހެނދުނު ޒަކާތު ހައުސްގެ ރަސްމީ ފޭސްބުކް ޕޭޖު މެދުވެރިކޮށް ކުރިއަށް ގެންދިޔަ ލައިވް އިވެންޓެއްގައި ވަނީ އެ 126ބައިވެރިންގެ މެދުގައި ގުރުއަތުލައި ނަސީބުވެރިޔާ ހޮވައިފައެވެ.
ގުރުއަތުލައިގެން އެއްވަނައަށް ހޮވުނީ އަތަމާގެ، އދ. މަހިބަދޫ ފާތިމަތު މައާލް އަހުމަދުއެވެ.
ޒަކާތު ހައުސްއިން ބުނީ މައާލްއަށް އަންނަ ހަފްތާގައި އިނާމު ހަވާލުކުރާނެ ކަމަށެވެ. އޭނާއަށް އިނާމެއްގެ ގޮތުގައި ލިބިފައިވަނީ އުމްރާ ދަތުރެކެވެ.
Ads by Allied Insurance