ޚަބަރު

އިސްރާއިލުން ލުބްނާނަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

އިސްރާއިލުން ލުބްނާނަށް ދިން ވަރުގަދަ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

Ads by Allied

އިސްރާއިލުން ލުބްނާންއަށް އިއްޔެ ދިން ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު ޝަހީދުވެ އެތައް ހާސް ބަޔަކު ވަނީ ޒަހަމްވެސް ވެފައެވެ.

އެހެންވެ އެ ހަމަލާތައް ކުށްވެރިކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އިސްރާއިލުގެ ނޭއްގާނީ އަމަލުތަކަކީ މުޅި ސަރަހައްދުގެ ހަމަނުޖެހުމަށް އޮތް ބޮޑު ހުރަހެއް ކަމަށެވެ.

އަދި އިސްރާއިލުގެ އިންސާނިއްޔަތެއް ނެތް އަމަލުތައް ހުއްޓުވަން ބައިނަލްއަގުވާމީ ގައުމުތަކުން ނުކުމެ އިސްރާއިލު ޒިންމާދާރުކުރުމަށް ވެސް މިނިސްޓްރީން ގޮވާލިއެވެ.

މިނިސްޓްރީން ވަނީ ލުބްނާނުން އެ ގައުމުގެ އިސްތިގުލާލު ދެމެހެއްޓުމަށް ފުރިހަމައަށް ތާއިދުކުރާ ކަމަށާއި އަދި ދިވެހި ރައްޔިތުން ލުބްނާނުގެ ރައްޔިތުންނާއެކު ތިބިކަމަށް ބުނެފައެެވެ.

އިސްރާއިލުން ލުބްނާނަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާތާ އެތައް ދުވަހެއް ވަނީ ވެފައެވެ. ނަމަވެސް އިއްޔެ ލުބްނާނަން ދިނީ މިއިން ދުވަހަކުވެސް ނުދޭ ވަރުގެ ހަމަލާ ތަކެކެވެ. އެ ހަމަލާތައް ލުބްނާނުގެ ވެރިރަށް ބެއިރޫތަށް ވެސް އަމާޒުކޮށް އެތައް އިމާރާތެއް ބިމާ ހަމަކޮށްލިއެވެ. އަދި ޒަހަމްވި މީހުން ގެންދިޔަ އެމްބިއުލެންސްތަކަށް ވެސް ހަމަލާދިނެވެެ.

Ads by Allied Insurance