މާލޭ ގެއެއްގެ މަތިން ވެއްޓުނު މީހަކަށް ފަރުވާ ދެނީ
މާލޭގެ ގެއެއްގެ މަތިން ވެއްޓުނު މީހަކަށް ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން ބުނީ މާފަންނު، ސަބުދެލިމަގުގައި ހުންނަ ގެއެއްގެ މަތިން މީހަކު ވެއްޓުނު ކަމުގެ ރިޕޯޓް ލިބުނީ މިރޭ 18:20ހާއިރު ކަމަށެވެ.
މި ހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން 30އަހަރުގެ ބަންގްލަދޭޝް މީހަކަށެވެ. އެމީހާ ވެއްޓިފައި ވަނީ އެގޭގެ 10ވަނަ ފަންގިފިލާއިން ޖެހިގެން ހުރިގޭ ފުރާޅު މައްޗަށެވެ.
ފުލުހުން ބުނެފައިވަނީ އެމީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
Ads by Allied Insurance