ޚަބަރު

ތަރައްގީގެ މަޝްރޫއުތަކުގެ ސްޕީޑް ހަލުވިކުރަން ސަރުކާރުން މަސައްކަތް ފަށައިފި: ޝުޖާއު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު

ތަރައްގީގެ މަޝްރޫއުތަކުގެ ސްޕީޑް ހަލުވިކުރަން މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ސަރުކާރަށް ތައުރީފް ކުރައްވައިފިއެވެ.

Ads by Allied

ހއ.ގައި ސަރުކާރުން ހިންގަމުންދާ މަޝްރޫއުތަކަށް އިޝާރާތްކޮށް ޝުޖާއު އެކްސްގައި މިއަދު ވިދާޅުވީ ހއ.ބާރަށު މިސްކިތާއި ބާރަށު ޕޮލިސް ޓޭޝަން އަދި ގިރާ ސަރަހައްދު ހިމާޔަތް ކުރަން އެމްޓީސީސީއާ ހަވާލު ކޮށްގެން ހިންގާ ދެ މަޝްރޫއުގެ ސްޕީޑް އަވަސްކޮށް މަޝްރޫއު ނިންމަން އިތުރު ޓީމެއް ވަރަށް އަވަހަށް ބާރަށަށް ދާނެ ކަމަށް މިއަދު އެމްޓީސީސީގެ ސީއީއޯ އާއި ޕްރޮޖެކް ޓީމާއެކު ބޭއްވުނު ބައްދަލުވުމުގައި ވިދާޅުވެފައިވާ ކަމަށެވެ.

އޭގެ އިތުރުން ހއ. މުރައިދޫ ބަނދަރުގެ މަސައްކަތައް ބޭނުންވާ ބޮޑު ހިލަ ލަސްތަކެއްނުވެ މުރައިދޫ އަށް ދާނެ ކަމަށާއި އެމްޓީސީސީއިން މުރައިދޫގައި ފަށާފައިވާ ގިނަ މަޝްރޫއުތައް އަވަސްކުރުމަށް ގެންނަންޖެހޭ ބަދަލުތައް ވަރަށް އަވަހަށް ރައްޔިތުންނަށް ފެންނަފަށަށް ގެނެވޭނެ ކަމުގެ ޔަގީންކަންވެސް ސީއީއޯ ދެއްވިކަމަށް ޝުޖާއު ވިދާޅުވިއެވެ.

އަދި ހއ.އުތީމު ގިރާސަރަހައްދު ހިމާޔަތްކުރުމާއެކު ބަނދަރު ބޮޑުކުރުމުގެ މަސައްކަތައް އެމްޓީސީސީގެ ޓީމް ވަރަށް އަވަހަށް އުތީމަށް ގޮސް ލަސްތަކެއް ނުވެ މަސައްކަތް ފަށައި އަދި ހއ.ތަކަންދޫގެ ބަނދަރުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެން ދާނެކަމުހެ ޔަގީންކަން އެމްޓީސީސީން ދީފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"ރައްޔިތުންގެ ފުރިހަމަ ނިންމުމާއެކު ތަރައްގީގެ މަޝްރޫޢު ތަކުގެ ސްޕީޑް ހަލުވިކުރުމަށް ޓަކައި އަޅުގަނޑުގެ މަސައްކަތް މިފެށީއެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒު ބާރަށު ދާއިރާއަށް ވެވަޑައިގެންފައިވާ ވައުދުތައް މާތްاللهގެ ހެޔޮރަހުމަތާއެކު ބާރު ސްޕީޑުގައި ނިމިގެން ދާނެއެވެ"ޝުޖާއު ވިދާޅުވިއެވެ.

Ads by Allied Insurance