ޚަބަރު

ރާއްޖޭގެ ޚާރިޖީ ވަޒީރުގެ މަޤާމުން ޑރ. ޢަބްދުﷲ ޚަލީލް ވަކިކުރައްވައިފި

ޙުސައިން އިބްރާހީމް ، ދެން އޮންލައިން
ފޮރިން މިނިސްޓަރު ހަލީލް

ދިވެހި ސަރުކާރުގެ ކެބިނެޓަށް ގެންނެވި ކުއްލި ބަދަލެއްގެ ތެރެއިން، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރުގެ މަޤާމުގައި ހުންނެވި ޑރ. ޢަބްދުﷲ ޚަލީލް މިއަދު އެ މަޤާމުން ދުރުކުރައްވައިފިއެވެ.

Ads by Allied

އިތުބާރު ހުރި މަސްދަރުތަކުން މަޢުލޫމާތު ލިބޭ ގޮތުގައި، މަޤާމުން ވަކިކުރެއްވިކަން އަންގަވައި، ޚާރިޖީ ވުޒާރާގެ މުވައްޒަފުންނާ ބައްދަލުކުރެއްވުމަށްފަހު އޭނާ މިހާރު ވަނީ ރަސްމީ އޮފީހުން ނުކުމެވަޑައިގެންފައެވެ. މިއީ އެއްވެސް އިޝާރާތަކާ ނުލައި ކުއްލި ގޮތަކަށް ސަރުކާރުން ނިންމެވި ނިންމެވުމެއްކަމަށް ވުމާއެކު، ސިޔާސީ މައިދާނުގައި މިކަމަށް ވަނީ ބޮޑު ސަމާލުކަމެއް ލިބިފައެވެ.

ދައުލަތުގެ އެންމެ މުހިންމު އެއް ވުޒާރާގެ ވަޒީރުކަމުން ޑރ. ޚަލީލް ވަކިކުރެއްވި ސީދާ ސަބަބެއް ކަމާބެހޭ ފަރާތްތަކުން އަދި ރަސްމީކޮށް ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް، ވަޒީރުންގެ މަޖިލީހަށް ގެނެވުނު މި ބޮޑު ބަދަލާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ވަގުތުތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމުކުރާނެކަމަށް ބެލެވެއެވެ.

Ads by Allied Insurance